English Edition
Dhivehi Edition

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އަހަރެމެން ފަރުވާ ހޯދަމުން ދާފަދައިން، ހަންގަނޑު ތާޒާކުރުމަށް ފުރިހަމަ ނިދި ބޭނުންވެއެވެ. ޑާމަޓޮލޮޖިސްޓް އަދި ކޮސްމެޓޮލޮޖިސްޓް ޑޮކްޓަރ ޕްރިޔަންކާ ރެއްޑީ ބުނެފައިވަނީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ނިދަން އޮންނަ ގަޑި ހަމަވަންދެން ގަވާއިދުން ނިދުމެވެ. ރަނގަޅަށް ނިދި ނުލިބުމުން ހަނގަނޑުގެ ތެތްކަން ގެއްލި ޕީއެޗް ލެވެލް ދަށްވެ ޑީހައިޑްރޭޓް ވުމުން ހަންގަނޑު ކުރަކިވެ ރޫޖެހެއެވެ. އަދި މީގެ އިތުރުން ހަނގަޑުގައި ހުންނަ ފެންދަމައިގަތުމުން ބިހިތައްނަގާ،ރަތްވެ އެކި އެކި މައްސަލަތައް ދިމާވެ މީހާ މުސްކުޅިކަމަށް ދައްކާނެ ކަމަށް ޑޮކްޓަރ ޕްރިޔަންކާގެ ދިރާސާގައި އޭނާ ފާހަގަ ކުރިއެވެ.

ދާދިފަހުން ޑާމެޓޮލޮޖީ ކްލިނިކަކުން ހެދި ރީސާޗެއްގައި ބުނެފައިވަނީ، ނިދިމަދުވުމުން “ކޯޓިސޮލް” ނަމަކަށް ކިޔާ ސްޓްރެސް ހޯމޯން ހަށިގަނޑުގައި ގިނަވެ ހަންގަނޑުގެ ބައެއްކަހަލަ މައްސަލަތައް މީހުންނާ ދިމާވާކަމަށެވެ. އެގޮތުން ގައި ހިރުވާ، ފާރުވުންފަދަ ކަންކަން ދިމާވާ ކަމަށް މިރިސާޗްގައި ބުނެފައިވެއެވެ.

ފުރިހަމަ ނިދި ނުލިބޭނަމަ ކޮންމެދުވަހަކު ދުވަން ދިޔުމަކީ މުހިންމު ކަމެއްކަމަށް ޑޮކްޓަރ ޕްރިޔަންކާ ރެއްޑީބުނެއެވެ. ހަންގަނޑު ކުރަކިވެ ރޫޖެހިފައިވާނަމަ ގިނައިން ފެންބޮއެ ކޮންމެ ދުވަހަކު މޮއިސްޗަރައިޒިންގ ކްރީމެއް ބޭނުން ކުރުމުގެ އިތުރުން ހަންގަނޑު އެކްސްފޮލޭޓް ކުރުން ވަރަށް މުހިންމު ކަމަށް ޑޮކްޓަރު ބުނެއެވެ. މީގެ އިތުރުން ޕްރިޔަންކާ ބުނީ އަމިއްލައަށް ފަރުވާ ނުދެވޭ ވަރަށް ހަންގަނޑު ހަލާކު ވެފައިވާނަމަ ހަމުގެ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ބޮޑުމީހަކު މަދުވެގެން 6-7 ގަޑި އިރު ނިދުން މުހިއްމު ކަމަށް ޑޮކްޓަރުން ލަފާދެއެވެ. ބޮޑެތި މީހުންނަށް އެންމެ މަދުވެގެން 6 ގަޑި އިރުނިދި ބޭނުންވެއެވެ. އެހެން ނަމަވެސް ނިދަންޖެހޭނީ ހަމަނިދި ލިބޭނެހެން ކަމަށް ޑޮކްޓަރުން ބުނެއެވެ. ޑޮކްޓަރގެ މިރީސާޗްގައި އޭނާ ބުނެފައިވަނީ ރަނގަޅަށް ނިދި ލިބޭނަމަ ހަށިގަނޑުގެ ލޭދައުރުވުން ރަނގަޅުވެ ހަންގަނޑު ހަލާކުވެފައިހުންނަ ސަރަހައްދުތައްވެސް އަލުން ދިރި ލޯކައިރި ކަޅުވުމުންވެސް ދުރުކޮށްދޭނެކަމަށެވެ. އަދި ރޭގަނޑު ރަނގަޅަށް ނިދިލިބޭނަމަ ހަންގަޑުގެ އިތުރުން ބޮލުގެ އިސްތަށިގަނޑަށްވެސް ފައިދާލިބެއެވެ.

ކޮންމެ ރެއަކު ރަނގަޅަށް ނިދަން ބޭނުންނަމަ ނިދުމުގެ 3ގަޑިއިރު ކުރިން ކާންވާނެއެވެ. ނިދާގަޑި ކައިރު ވުމުން ފޯނުގެންގުޅުމާއި ޓީވީ ބެލުންވެސް އެހާ ރަނގަޅު ނޫންކަމަށް ޑޮކްޓަރ ރެޑީބުނެއެވެ. ނިދުމަށް ވަކި ގަޑިއެއްކަނޑަ އަޅައި ހޭލަން ވަކި ގަޑިއެއް ކަނޑައަޅަށް ޖެހެއެވެ. ދުވާލު ގިނައިން ފެންބުއިމާއި ރޭގަނޑު ފެންބުއިން މަދުކުރުން، ކޮޓަރި ވަކި ވަރަކަށް އަނދިރިކުރުމާއި ނިދާ ތަންމައްޗަކީ ނިދުމަށް ހުރަސް ނޭޅޭފަދަ ތަނަކަށް ހެދުން މުހިންކަމަށް ޑޮކްޓަރު ނަސޭހަތްތެރިވެއެވެ.