English Edition
Dhivehi Edition
އެކްސިޑެންޓްގައި އަނިޔާވި މީހުން ގޮވައިގެން އެމްބިޔުލަންސް އޭއީއެޗް އަށް ދަނީ

އައްޑޫސިޓީގެ ހިތަދޫ ބޮޑުމަގުގައި މިރޭ އެއްވަގުތެއްގައި 2 އެކްސިޑެންޓް ހިނގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހިތަދޫ ބޮޑު މަގުން މަލްޓި ސުޕަރމާޓް ކައިރީގައި ހިނގި މި އެކްސިޑެންޓްތަކުގައި 3 މީހަކަށް އެކިވަރުގެ އަނިޔާވަނީ ލިބިފައެވެ.

ފުރަތަމަ އެކްސިޑެންޓަކީ 2 ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އަދި ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ފުރަތަމަ އެކްސިޑެންޓް ހިނގިތާ ގާތްގަނޑަކަށް 5 މިނެޓް ފަހުން ހަމަ އެސަރަހައްދުން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭއީއެޗް އަށް މިހާރު ވަނީ ގެންގޮސްފައިވާއިރު ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްތަކުގައި އުޅަނދު ދުއްވަން ތިބި ފަރާތްތަކުގެ އަތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮންނަކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ