ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތައް ބަންދުކޮށް ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލި ރަށުގައި ދެއަތް އުރާލައިގެން ތިބި މި ދުވަސްކޮޅު ރިސޯޓު މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް އާ މޯލްޑިވްސް ޕޮލިޓެކް ގުޅިގެން
މިވަނީ ރަނުގެ ފުރުސަތެއް ފަހިކޮށް ދެއްވަވާފައެވެ މޯލްޑިވްސް ޕޮލިޓެކްނިކުން ފަތުރުވެރިކަމުގެ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މުޅިން ހިލޭ ކޯސްތަކެއް ހިންގުމަށް އިއުލާންކޮށް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް މިވަނީ އިތުރު ދޮރުތަކެއް ހުޅުވާލަދެއްވަވާފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ 6 ކޯހެއްގައި އެއްވެސް ފީއެއް ދައްކަން ނުޖެހި އޮންލައިން ކޮށް ބައިވެރިވެވޭނެ ފުރުސަތެއް ފަހިވެގެން ދިއުމަކީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިދުވަސްވަރު ނުހަނު މުހިއްމު ކަމަކަށް ވެގެންދާނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން http://docs.google.com/forms/d/e/1FAIpQLSchtKMZqSdrEO3vNd_bibxTSKKIY2awK6QaT8J6LBKbYPG_Pw/viewform މި ލިންކު މެދުވެރިކޮށް ކޯހުގައި ބައިވެރިވެވެއެވެ.
ޔޫތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަދި ރަޖިސްޓަރ އޮފް އެންޖީއޯ އަޙްމަދު އިރާޝް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރިސޯޓުތައް ބަންދުކުރުމާއި އަދި ވަޒީފާގެއްލިފައިވާ ގިނަ ޒުވާނުން މިވަގުތު ކުރާނެ މަސައްކަތެއް ނެތިފައި ތިބުމާއެކު އަލަށް ރިސޯޓުތައް ހުޅުވެންވާއިރަށް ދާއިރާއިން އިތުރު ތަމްރީނާއި ތަޖުރިބާ ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ މި ޕްރޮގްރާމުގެ މަގުސަދުކަމަށެވެ.
“ވަޒީފާތަކަށް މީހުން ބިނާކުރުމަށް މިއީ ހަމަ ރަނުގެ ފުރުސަތެއް. މިގޮތަށް ހުޅުވާލާ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން ޒުވާނުން އިތުރަށް ކުރިއަރަން މަސައްކަތް ކުރުމަކީ މިއަދު ޒުވާނުނަށް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުގެ އުއްމީދަކީ ގިނަ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފައި ކުރިއަށް ދިއުން” އިރާޝް ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ގެއްލިފައިވާ މި ދުވަސްވަރާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކާ އެކު މިޕްރޮގްރާމްއާ ބެހޭގޮތުންނާ އޮންލައިން ހިންގަން ކުރިޔަށް ރާވާ ކޯސްތަކާ ބެހޭގޮތުން ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމާފައެވެ.
We are hosting an online meeting for NGO’s with @MVPolytechnic on skill development opportunities for Maldivians. Join the meeting via zoom on 18th June (Thursday) at 9:30PM.
Meeting ID: 912 0407 7215 pic.twitter.com/X9XFXz2qDF— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 17, 2020
މާދަމާ ރޭ (18 ޖޫން ދުވަހުގެރޭ 9.30 ގައި ) ބޭއްވުމަށް ތާވަލް ކޮށްފައިވާ މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ޖަމިއްޔާތަކުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދިލައްވަވާ ކަމެއްކަމަށް އިރާޝް ވިދާޅުވަނީ ވިދާޅުވެފައެވެ.