English Edition
Dhivehi Edition
ގުޅީފަޅުން ގިރެމުންދާ ދޮންވެލި، ވިލިމާލެއާއި ދިމާލަށް މިސްރާބު ޖަހަނީ - ފޮޓޯ: އީޕީއޭ

ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މިއަދު އައި ބާރުގަދަ ކޮޅުގަނޑެއްގައި، ކ. ގުޅިފަޅުގައި ބޭނުންކުރަމުންދިޔަ 20 ފޫޓުގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެފައިވާ ކަމަށެވެ.

އަދި އެ ޝީޓްތައް ވިލިމާލެ އާއި މާލެ އާއި ދޭތެރެއިން އިރު އުތުރަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ވިއްސާރަ ކުރަމުންދާއިރު، ވައިގަދަވެ މާލޭ ކުޅިވަރު އެކުވެނީގެ ފުރާޅުން ބައެއްވެސް ވަނީ އެއްލާލައިފަ އެވެ. މީގެ އިތުރުން މާލޭގައި ހަދަމުންދާ އިމާރާތެއްގެ ފާރެއްވެސް ވެއްޓި، ދެ ގެއަކަށް ވަނީ ގެއްލުންވެފަ އެވެ.

މިއަދާއި މާދަންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެތީ، މެޓް އޮފީހާއި ފުލުހުންގެ އިތުރުން އެމްއެންޑީއެފުންވެސް ވަނީ މޫސުމަށް ސަމާލުވުމަށް އަންގައިފަ އެވެ.