English Edition
Dhivehi Edition

ރާއްޖޭގެ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ އޮނަރަރީ މެމްބަރޝިޕް 2 ބޭފުޅަކަށް އަރުވައިފިއެވެ.

ސްކީމަށް 1 އަހަރު ފުރުމުގެ މުނާސަބާގައި ރޭ ބޭއްވި އޮންލައިން ޖަލްސާގައި އޮނަރަރީ މެމްބަރޝިޕް އަރުވާފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗް އާރު ޕްރޮފެޝަނަލްސް (މާޕް) ގެ ރައީސް ޙުސައިން އަފީފާއި އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދަށެވެ.

ސްކީމްގެ އޮނަރަރީ މެމްބަރޝިޕަކީ ސްކީމަށް ގިނަ ގޮތްގޮތުން ބޭނުންތެރި ޚިދުމަތްތައް ކޮށްދެއްވަވާ ފަރާތްތަކުގެ އަގު ވަޒަން ކޮށް ސްކީމުން އަރުވާ ޚާއްޞަ ޝަރަފެކެވެ.

އޮނަރަރީ މެމްބަރޝިޕް ލިބިލެއްވެވި ހުސައިން އަފީފް ވަނީ ފާއިތުވިއަހަރު ސްކީމްގެ މަސައްކަތް މުޅިން އަލަށް ފަށައިގެން ކުރިއަށް ގެންދިޔައިރު ކާމިޔާބު ކަމާއެކު ސްކީމް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ދެއްވަވާ ސްކީމްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ އެހީތަކެއް ވެ ދެއްވަވާފައެވެ. މީގެ އިތުރުން މާޕް އާއި ސްކީމް ގުޅިގެން އައްޑޫގައި އެޗްއާރު ބެސްޓް ޕްރެކްޓިސް ސެޝަނެއް ބާއްވަވައި މާލޭގައި ކުރިއަށް ގެންދާ ސެޝަންތަކުގައި ފީއަކާއި ނުލައި ސްކީމްގެ މެމްބަރުންނަށް ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށް ދެއްވާފައެވެ. ހަމަ އެއާއެކު ދެކުނުގެ 4 އަތޮޅުގައި މާޕްއާއި ސްކީމް ގުޅިގެން ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސް މީހުން ބިނާ ކުރުމަށް މަސައްކަތްތައް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. މި ގޮތުން މާޕް އިން ވަނީ ސްކީމާ ގުޅިގެން މިއަހަރުގެ ފަހު ކޮޅު “ލީޑަރޝިޕް އެންޑް ގްރޯތް ސަމިޓް” ގެ ނަމުގައި އައްޑޫސިޓީގައި ސަމިޓެއް ބާއްވާނެ ކަމަށް އިއުލާން ކޮށްފައެވެ.

ސްކީމްގެ އޮނަރަރީ މެމްބަރ ޝިޕް ލިބިލެއްވެވި 2 ވަނަ ފަރާތް ކަމުގައިވާ އީކުއޭޓަރވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދުވަނީ ސްކީމް އުފެއްދުމަށް މަޝްވަރާ ކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ސްކީމްގެ އައްޑޫ ޗެޕްޓަރ އަދި ގައުމީ ހިންގާ ކޮމެޓީން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެލައްވަވާ ސްކީމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވަވާފައެވެ. މިގޮތުން ސްކީމްގެ ޕްރޮގްރާތައް އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައި ދެއްވަވާ ސްކީމްގެ މެމްބަރުންނަށް ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ދެއްވަވާ ކާމިޔާބު ކަމާއެކު ސްކީމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަހީދު ވަނީ ގިނަ އެހީތަކެއް ވެދެއްވަވާފައެވެ.

ސްކީމްގައި އޮނަނަރީ މެމްބަރުންގެ އިތުރުން އެޑްވައިޒަރީ ބޯޑު މެމްބަރުންނަށް ބައިވެރިވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ސްކީމްގެ އެޑްވައިޒަރީ ބޯޑު މެމްބަރުންގެ ގޮތުގައި ދެކުނުގެ 4 އަތޮޅުގައި އުފައްދާފައިވާ ކޮންމެ ޖަމިއްޔާއަކުން މެމްބަރަކާއި މުއައްސަސާތަކުން ކުރެ ކޮންމެ މުއައްސަސާ އަކުން 1 މެމްބަރަކަށް ބައިވެރިވެވޭނެއެވެ.

ސްކީމްގައި ހިމެނޭ މެމްބަރުން:

އޮނަރަރީ މެމްބަރުން

އެޑްވައިޒަރީ ބޯޑު މެމްބަރުން

ގައުމީ ހިންގާ ކޮމެޓީ މެމްބަރުން

ޗެޕްޓަރ ހިންގާ ކޮމެޓީ މެމްބަރުން

އާންމު މެމްބަރުން

ސްކީމްގެ އޮނަރަރީ މެމްބަރުން ފިޔަވައި އެހެން މެމްބަރުންގެ ގޮތުގައި ބައިވެރިވެވޭނީ ސްކީމް ހިމެނޭ 4 އަތޮޅުގެ ރައްޔިތުންނަށެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަންފެށި ރާއްޖޭގެ ފުރަތަމަ ސަރަހައްދީ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މުއައްސިސުންނަކީ ސ. ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު ، ސ. ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ އަދި ސ. ހިތަދޫ އަލްމާސް ނަސްރަތު ތޯހިރުގެ އިތުރުން ސ. މަރަދޫ މަހިނޫރު ދިހުޝާނާއެވެ.