English Edition
Dhivehi Edition

ވޯލްޑް ޓްރެވަލް އެވޯޑްސް އަށް އައްޑޫސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖް ނޮމިނޭޓްވެއްޖެއެވެ.

މިފަހަރު އީކުއޭޓަރ ވިލެޖު ހޮވިފައިވަނީ ލީޑިން އެއަރޕޯޓް ހޮޓެލް، ކެޓެގަރީއަށެވެ. ވޯޓު ލުމަށްޓަކައި ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ޒިޔާރަތްކޮށް އީކުއޭޓަރ ވިލެޖް ހިޔާރު ކުރެއްވުމަށްފަހު ކެޓަގަރީ ނެންގެވުމުން އީމެއިލް އެޑްރެސް ބޭނުންކޮށްގެން ވޯޓު ދެވޭނެއެވެ.

25 އަހަރުގެ ކާމިޔާބު ދިގު ތާރީޚެއް އޮތް އީކުއޭޓަރ ވިލެޖަށް ދާދި ފަހުންވަނީ ދުނިޔޭގެ ފެންވަރުގެ 2 އެވޯޑެއް ލިބިފައެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރާއި މެހެމާންދާރީގެ ޞިނާޢަތުގައި އެންމެ ފާހަގަ ކޮށްލެވޭ ޝަރަފްވެރި އެވޯޑު ޙަފްލާކަމަށްވާ ” ވޯލްޑް ޓްރެވެލް އެވޯޑްސް އިން އިންޑިއާ ކަނޑުގެ ލީޑިން އެއަރޕޯޓްގެ އެވޯޑު،އީކުއޭޓަރ ވިލެޖް އުފުލާލިއިރު މިއީ މި އެވޯޑު އެރިސޯޓުން ހޯދި ދެވަނަ ފަހަރެވެ. އެއެވޯޑާއެކު އީކުއޭޓަރ ވިލެޖް ވެފައިވަނީ މިއަހަރު އައްޑޫސިޓީއިން ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ޙާސިލްކުރި ހަމައެކަނި ހޮޓަލަށެވެ.

ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ތާރީޚާއި ސަގާފަތާއި ޤުދުރަތީ ރީތިކަމާއި މެހްމާންދާރީއަށް އިސްކަން ދީގެން ޚިދުމަތް ދެމުންއަންނަ ހޮޓަލެކެވެ. މިރިސޯޓަށް ވަނީ ވިދިވިދިގެން 3 ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ހޯދައިގެން 2022 ވަނަ އަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ގޯލްޑް އެވޯޑު ޙާސިލްކޮށްފައެވެ. އަދި ހަމައެއަހަރު ލީޑިން ހެރިޓޭޖް ހޮޓެލް ސިލްވަރ އެވޯޑު ވެސް އީކުއޭޓަރ ވިލެޖް ހޯދާފައިވެއެވެ.

އީކުއޭޓަރ ވިލެޖަކީ ދެކުނު އޭޝިއާ ސަރަހައްދުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ،ސަޓާއެވޯޑުޙަފްލާފަދަ ބައިނަލް އަޤްވާމީ ޙަފްލާއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ހަމައެކަނި މަންޒިލް ވެސްމެއެވެ. އެއް ހަފްތާއަށް ދިގުދެމިގެންދިޔަ، ދިވެހިންގެ ސަގާފަތާއި ހުނަރުވެރިކަމާއި ފަންނުވެރިކަން އެކުލެވޭ ކުލަގަދަ ފެސްޓިވަލަކާއެކު ކުރިއަށްދިޔަ މިއެވޯޑު ޙަފްލާ އީކުއޭޓަރ ވިލެޖުގައި ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.

މިހާރުވެސް އެރިސޯޓް ފާހަގަ ވެފައިވަނީ ކައިވެނި ޕާޓީތަކާއި ،ޑިނަރނައިޓާއި ޓްރެއިނިންތަކާއި މަހާސިންތާ އަދި އަހަރީ ޖަލްސާތަކާއި އައްޑޫސިޓީގައި ބާއްވާ ޚާއްސަ އެތައް ޙަފްލާއެއް ހޮސްޓު ކުރެވޭ ތަނެއްގެ ގޮތުގައެވެ.