English Edition
Dhivehi Edition

މިއީ ފަތުރުވެރިން ރާއްޖެ އަންނަން ފޮށިތަންމަތި ބަންނަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

“ސަން ވިލް ރައިޒް އަގެއިން” ނަމުގައި އެމްއެމްޕީއާރުސީން ބޭއްވި ފޭސްބުކް ލައިވްގައި ހުރިހާ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ދައުވަތު ދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ އަންނަ ޖުލައި މަހު ޓޫރިޒަމް އަލުން ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އަލީ ވަޙީދުގެ މެސެޖުގައި ދުނިޔޭގައި އޮތް އެންމެ ރީތި ޖަޒީރާ ރަށްތަކަށް ރާއްޖެ ވެފައި އޮތުމަކީ ނިއުމަތެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތަކަކީ އެފަދަ ދެވަނައެއް ނުވާ ތަންތަންކަމަށް އަލީ ވަޙީދުގެ މެސެޖުގައި ސިފަކުރަމުން ގެންދެވިއެވެ.

“އެހުރިހާ ކަމެއް ފެށިގެން އައީ 1972 ވަނަ އަހަރު. އިރާދަކުރެއްވިއްޔާ ޖުލައި 2020ގައި އަނެއްކާވެސް އެކަން ފަށާނަން” މިނިސްޓަރ ގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

“މިތަނުގެ މޫދާއި އަވި ދީފައި އޮންނަ ގޮތާއި ދޮންވެއްޔަށް ބަލާއިރު ދުނިޔޭގައި އެފަދަ ދެވަނައެއް ނުވޭ. މިއީ ދުނިޔޭގައި ވެސް އެންމެ އަމާން ތަން. ހަނީމޫން ހޭދަކޮށްލުމަށާއި އާއިލާތައް ގުޅުވާލަން މިއީ އެންމެ ރަނގަޅު މަންޒިލް. އަހަރެމެން [ޓޫރިޒަމް] އަލުން ހުޅުވާލާނަން. އެހެންވީމަ ފޮށިތައް ބަނދެ، އަވަހަށް ރާއްޖެއަށް އަންނަން ތައްޔާރުވެލާ.” މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރ ގެ މެސެޖް ނިންމާލީ އަންނަމަހު ފަތުރުވެރިކަން ރާއްޖޭގައި ފަށަން ތައްޔާރުވާއިރު، ރާއްޖެ އައުމަށް ލަގެޖްތައް ތައްޔާރުކުރުމަށް އަވަސްކުރުމަށް ގޮވާލަމުންނެވެ.