English Edition
Dhivehi Edition

ފުލުހުންގެ ފަހަތުން ނޫޅެ ގައުމުގެ ތަރައްގީއަށް “ގާބުރިއެއް” ނަމަވެސް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މިއަދު ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ލިބޭ ކޮންމެ ފުރުސަތެއްގައި ފުލުހުންގެ ފަހަތުން ނޫޅެ ތަރައްޤީއަށް ގާބުރިއެއް ނަމަވެސް ބާއްވާލަ ދިނުމަށް ރައްޔިތުން އެދެމުންދާކަމަށެވެ. “ކޮން ބާރެއް ނުލިބިގެންތޯ މިއަދު މިވަރު މިވަނީ؟ އެމްޑީޕީގެ ލީޑަރަކީ ހަމަ ސާފުތާހިރު މައުސޫމް ތުއްތު ކުއްޖެއްތޯ؟” ސައީދުގެ ޓުވިޓްގައި ވިދާޅުވިއެވެ.

ސައީދު މި ގޮތަށް ވިދާޅުވެފައި މިވަނީ މިއަދު ބޭއްވި ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގައި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ފުލުހުން އަދިވެސް ވަޒީފާގައި އެބަތިބި ކަމަށާއި ފުލުހުންނާއި ރާއްޖޭގެ ގޭންގުތަކާ، އަޑީ ދައުލަތާއި ދެމެދު ބޮޑު ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރައްވައި، އެކަންކަން ބަލަންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ،

އިތުރަށް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލުގެ ބަހުސް ކުރިއަށްދާއިރު ފުލުހުންގެ މުއައްސަސާ، އިންތިޒާމުވެފައިވާ ގޮތާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރަން ޖެހޭނެކަމަށެވެ.