English Edition
Dhivehi Edition

އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) އާއި ހެޕީމާކެޓުން، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރުމަށް ނިންމި ފޭސް ޝިލްޑްތައް ކުޅުދުއްފުށީ ހޮސްޕިޓަލާއި އެ ރަށާއި ކައިރި އެހެން ރަށްރަށުގެ ހޮސްޕިޓަލްތަކަށް ދޭން ނިންމައިފިއެވެ.

އެއިމްސް ކުލިނިކުގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ވިދާޅުވީ އައްޑޫ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް މި ސާމާން ބޭނުން ނުވާތީ، 500 ފޭސް ޝިލްޑް ކުޅުދުށްފުއްޓާއި އެހިސާބުގެ އެހެން ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ސާމާން މި ހަފްތާގައި އެ ރަށްރަށަށް ފޮނުވާނެ ކަމަށް އަލީ އިހުސާން ވަނީ ވިދާޅުވެފައެެވެ.

މި ފޭސް ޝިލްޑްހަދާދީފައިވަނީ މޯލްޑިވިއަންގެ ސީނިއާ ޕައިލެޓް މުހައްމަދު ރަނޭޝްއެވެ.

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ އަށް ދިމާވެފައިވާ އެކި ދަތިތައް ހައްލުކުރުމަށްޓަކައި ހެޕީމާކެޓުން އެހީތެރިވަމުން އަންނައިރު ހެޕީ މާކެޓުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ބޭނުންވާ ހޭންޑު ސެނެޓައިޒާވެސް ހަދިޔާކޮށްފައެވެ.މީގެ އިތުރުން ހެޔޮ އަގުގައި ސާޖިކަލް މާސްކް ފޯރުކޮށްދިނުމަށް ޓަކައި ހެޕީމާކެޓުން ވަނީ މާސްކް ޝިޕްމަންޓެއް ގެނެސްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކް ފޯސްއަށް ހެޕީ މާކެޓުން ވަނީ ގިނަ އަދަދެއްގެ ފެނާއި ސެނެޓައިޒާ ހަދިޔާކޮށްފައެެވެ.