English Edition
Dhivehi Edition
އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އިން ރަނގަޅުވުމުން ތުރުކީގެ ހޮސްޕީޓަލެއްގެ ސިއްހީ ހިދުމަތްތެރިން އުފާކުރަނީ. --ފޮޓޯ: އޭޕީ

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބަލިއުއެޗްއޯ) އިން ބަލާޢާފާތެއްގޮތުގައި ސިފަކުރާ މި ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއްގެ މީހުން ރަނގަޅުވިއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 382،401 އެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް 6,485,399 މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އަދި އިންޑިއާ އެވެ. އެމެރިކާ އިން މިހާތަނަށް 1.88 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 108،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މި ބަލީގައި މުޅިން ރަނގަޅުވި މީހުންގެ އަދަދަކީ 645،974 އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ ބްރެޒިލްގައި މި ބަލިޖެހުނު މީހުންގެ އަދަދު 550،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިހާތަނަށް އައިއިރު މަރުވި މީހުންގެ އަދަދު ވަނީ 31،000 އަށްވުރެ އިތުރުވެފައެވެ. އެ ގައުމުން މިހާތަނަށް 240،000 އެއްހާ މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނައިން ތިބި ގައުމުތައް:

  • އެމެރިކާ: ޕޮޒިޓިވްވި: 1،881،205 މަރުވި: 645،974
  • ބްރެޒިލް: ޕޮޒިޓިވްވި: 558،237 މަރުވި: 31،309
  • ރަޝިޔާ: ޕޮޒިޓިވްވި: 423،741 މަރުވި: 5،037
  • ސްޕެއިން: ޕޮޒިޓިވްވި: 287،012 މަރުވި: 27،127
  • ޔޫކޭ: ޕޮޒިޓިވްވި: 277،985 މަރުވި: 39،369
  • އިޓަލީ: ޕޮޒިޓިވްވި: 233،515 މަރުވި: 33،530
  • އިންޑިއާ: ޕޮޒިޓިވްވި: 207،191 މަރުވި: 5،829
  • ފްރާންސް: ޕޮޒިޓިވްވި: 189،220 މަރުވި: 28.940
  • ޖަރުމަން: ޕޮޒިޓިވްވި: 184،091 މަރުވި: 8،674
  • ޕެރޫ: ޕޮޒިޓިވްވި: 174،884 މަރުވި: 4،767