English Edition
Dhivehi Edition

މެޕްސް ކޮލެޖުގައި ކިޔަވާދޭ ކޯސްތަކާބެހޭ މަޢުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޖޫން މަހުގެ ތެރޭގައި އެކޮލެޖުން ވެބިނަރ ސީރީޒްއެއް ބޭއްވުމަށް ރާވަމުން އެބަދެއެވެ. މިދުވަސްވަރަކީ ވީހާވެސް ބޮޑަށް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތްކުރުމަށް އިސްކަންދޭންޖެހޭ ދުވަސްކޮޅަކަށް ވުމާއެކު މިފަދަ ވެބިނަރ ސީރީޒްތަކުގެ ސަބަބުން މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޭގައި ތިބެގެން މަޢުލޫމާތު ހޯދުމުގައި ކޮލެޖުގެ މުވައްޒަފުންނާ ބައްދަލުވެ ފަސޭހަކަމާއެކު މުޢާމަލާތު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މެޕްސް ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.

 

ޖޫން މަހުގައި ބާއްވާ ވެބިނަރ ތަކުގެ ތެރޭގައި މެޕްސް ކޮލެޖުގައި ކިޔަވާދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ކޯސްތަކާއި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތައް ހިމެނެއެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މިވެބިނަރ ތަކުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓަރ ކުރުމުން، ވެބިނަރގައި ބައިވެރިވާނެ ގޮތުގެ ތަފްސީލް އެބޭފުޅެއްގެ އީމެއިލްއަށް ލިބިގެންދާނެއެވެ.

 

https://tinyurl.com/MAPSCOLLEGE2020

 

މެޕްސް ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް ކިޔަވާދޭ ކޮލެޖެކެވެ. ވިޔަފާރީގެ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އަދި ރާއްޖޭގައި ތިބެގެން ބޭރުގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް އެންމެ ފުރަތަމަ ހޯދާދީފައިވަނީ ވެސް މެޕްސް ކޮލެޖުންނެވެ.

 

 

1 ކޮމެންޓް
ފަރީދް
ޖޫން 2, 2020
ކުލާސް ރޫމުގައި ކިއަވައިދިނުމާއި އޮންލައިންކޮއް ކިޔެވިޔަސް އަގު ވަކި ދަށެއްނުވޭ، ޑިޖިޓަލް ޒަމާނާއި އެއްހަމަ ކުރުން މުހިންމު، އިތުރުވާނީ ހަރަދު އަމިއްލަ ވަސީލަތްތައް ބޭނުން ކުރަން ޖެހޭތީވެ.