Hithadhoo aai Kulhudhuffushi Port ah balaa mudhaathakun baeh feethah nunegumah ninmaifi - AO News Hithadhoo aai Kulhudhuffushi Port ah balaa mudhaathakun baeh feethah nunegumah ninmaifi

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
ހިތަދޫ ޕޯޓް ލިމިޓެޑް - ފޮޓޯ: އެޗްޕީއެލް
ހިތަދޫ އާއި ކުޅުދުއްފުށީ ޕޯޓަށް ބާލާ މުދާތަކުން ބައެއް ފީތައް ނުނެގުމަށް ނިންމައިފި
1 މަސް ކުރިން

ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ބާލާ މުދާތަުން ބައެއް ފީތައް ނުނެގުމަށް ނިންމައިފި އެވެ.

Advt

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ރޯގާއާ ގުޅިގެން ކުރިމަތިވެފައިވާ ޚާއްސަ ހާލަތާ ގުޅިގެން، މުދާ ގެންނަ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑާއި ހިތަދޫ ޕޯޓް ޕްރައިވެޓް ލިމިޓެޑުން ވެސް ބައެއް ފީތައް ވަކި މުއްދަތަކަށް ނުނެގުމަށް، އެ ދެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އޭޕްރީލް 15 އިން ފެށިގެން ޖޫން 05 އާއި ދެމެދު ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓަށް ބާލާފައިވާ ހުރިހާ
ބާވަތެއްގެ މުދަލާއި އަދި މި މުއްދަތުގެ ކުރިން މި ދެ ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން އޭޕްރީލް 15 ވަނަ ދުވަހާ
ހަމައަށް ފްރީ ސްޓޯރޭޖް މުއްދަތު ހަމަވެފައިނުވާ މުދަލުގެ ސްޓޯރޭޖް (ޑެމަރޭޖް) ފީ، އަދި އެމްޓީ ކޮންޓެއިނަރ ސްޓޯރޭޖް ފީ
އޭޕްރީލް 15 އިން ފެށިގެން ޖޫން 05 ވަނަ ދުވަހާ ހަމައަށް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން  އަންނަ ޖުލައި މަހުގެ 05 ވަނަ ދުވަހުގެ ކުރިން ކްލިއަރ ކުރާ މުދަލަށްވެސް މި އުސޫލުގެ ދަށުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޕީއެލް އިންވެސް ވަނީ މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލްގައި ބޭރުނުކޮށް ހުރި މުދަލަށް ފުރަބަންދު މުއްދަތުގައި ސްޓޯރޭޖް ފީ ނުނެގުމަށް ނިންމައިފަ އެވެ.

އެގޮތުން ކޮންޓެނިއަރގައި އިމްޕޯޓްކޮށްފައިވާ މުދަލަށް މި މުއްދަތުގައި ޑެމަރޭޖް ފީ ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، ފުރަބަންދު މުއްދަތު ފެށުނު އިރު ކްލިއަރ ނުކޮށް ހުރި ކޮންޓެނިއަރ އަށް އެމްޕީ ކޮންޓެނިއަރ ސްޓޯރޭޖް ފުރަބަންދު މުއްދަތު ނިމުމާ ހަމައަށް ނުނަގާނެ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.