English Edition
Dhivehi Edition
އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައި އެޗްސީ މެލީނާ/ފޮޓޯ: ހިތަދޫ ޕޯޓް

ހިތަދޫ ޕޯޓް ލިމިޓެޑުގައި ނުނަގާ ގިނަ ދުވަސްވެފައިވާ މުދާތައް އަނެއްކާވެސް ނީލަން ކިޔުމަށް ނިންމާލައިފިއެވެ.

ހިތަދޫ ޕޯޓުން ބުނީ ނީލަން ކިޔާފައިވާ މުދާތަކުގެ ތެރެއިން ނުވިކި ހުރި މުދާތަށް އަލުން ނީލަން ކިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކޮށްދިނުމަށް ވަނީ އެދިފައެވެ.. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 10:00 އެވެ. ނީލަން ކިޔާ މުދާ ބެލުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 09:00 އިން 10:00 ގައެވެ،

ހިތަދޫ ޕޯޓުން ބުނީ ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 10:15 ގައި ހިތަދޫ ޕޯޓް ލިމިޓެޑް (އެޑްމިން ބިލްޑިންގް)ގައި ކަމަށެވެ. އިތުރަށް ޕޯޓުން ވުނީ މުދާ ބެލުމާއި ނީލަމުގައި ބައިވެރި ވެވޭނީ ނީލަމުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށެވެ. ނީލަމުގައި މުދާ ގަންނަ ފަރާތްތަކުން ގަންނަ މުދާ، ނީލަން ކިޔާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި ގެންދަން ވާނެކަމަށްވެސް ހިތަދޫ ޕޯޓުން ވަނީ ބުނެފައެވެ.

ހިތަދޫ ޕޯޓުން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ގިނަ އަދަދެއްގެ މުދާތައް ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ލަކުނޑި އާއި ޓިނު ގެ އިތުރުން ސައިކަލާ، ޓީވީ ލެޕްޓޮޕް ހިމެނެވެ. މީގެ އިތުރުން އޭސީ އާއި އައުޓްބޯޑު އިންޖީނުތައްވެސް ނީލަން ކިޔުމަށް ހަމަޖެހިފައިވެއެވެ.