އެއަރޕޯޓްތަކަށް ދިމާވެދާނެ އެމެޖެންސީތަކުގައި ބޭނުންވާ އެހީތެރިކަން ފޯރު ކޮއްދިނުމުގެ އެމްޔޫއޯއެއްގައި އެމްޕީއެލް އާއި އެކު ސޮއިކޮށްފިއެވެ.
ރާއްޖޭގައި އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޓް ކުރާ ކުންފުނި ކަމަށްވާ އާރްއޭސީއެލްއިން އެމްޕީއެލްއާއެކު މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އާރްއޭސީއެލްއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން އެއާޕޯޓަށް ދިމާވެދާނެ އެމެޖެންސީ ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުން ކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން އާރްސީއެލްއަށް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން އާރްއޭސީއެލް އިން ބުނީ އެމަޖެންސީ ހާލަތެއްގައި ވެސް އާރްސީއެލްއިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަށް ބުރުލެއްނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހި ކުރުމަކީ މި އެއްބަސްވުމުގެ އެންމެ މުހިއްމު އެއް ބޭނުންކަމަށެވެ.