English Edition
Dhivehi Edition

ކޮވިޑް-19 އާ ދެކޮޅަށް މިދިޔަ ހަފުތާގައި ވެސް 867 މިލިއަން ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ، ކޮވިޑާ ގުޅޭ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހޭދަވީ 867 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 873 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި ހަފްތާގައި ހޭދަކޮށްފައިވާ އަދަދަކީ، ކުރީ ހަފުތާއާ އަޅާބަލާއިރު އެންމެ 0.7 ޕަސެންޓް ދަށްވުމެކެވެ.

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އިން ވަނީ 567.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓްރީން 139.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުން ވަނީ މިހާތަނަށް 84.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 435.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ވަނީ 169.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅު، ސަރުކާރުން ލަފާކޮށްފައިވާ ގޮތުން މި ހާލަތުގައި ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަތައް 3.3 ބިލިއަނަށް އަރާނެ އެވެ.