English Edition
Dhivehi Edition

މިއިޔަ އަހަރާ ބަލާއިރު, މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާ, 132 އިންސައްތަ އިތުރުކަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން, ފާއިތުވި އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް ލިބުނީ 11.3 މިލިއަން ރުފިޔާ. ނަމަވެސް މިއަހަރު އެ މުއްދަތުގައި 26.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބުނުއިރު 8.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އަހަރުގެ އެމުއްދަތުގައި އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބުނުއިރު އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުވަނީ 15.7 މިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.