އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒް އިން ހިތަދޫ މަސްޖިދުއް ޝޫރާގައި ކުލަލައިފިއެވެ. ސައުތުބްލޫޒް އިން މައުލޫމާތު ދެއްވި ގޮތުގައި މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެކުލަބުން މިއަދު ކޮށްދެއްވި ކަމެއް ކަމަށެވެ. އެ މިސްކިތުގައި ކުލަލުމުގެ މަސައްކަތް ސައުތުބްލޫޒް އިން މިއަދު ކޮށްދެއްވިޔަސް އެކުލައަކީ އަމިއްލަ ފަރާތަކުން ހަދިޔާ ކޮށްދެއްވި ކުލަކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މިސްކިތުގައި ކުލަލުމުގެ މަސައްކަތުގައި ސައުތުބްލޫޒްގެ މެންބަރުންވަނީ ހަރަކާތްތެރިވެފައެވެ. އައްޑޫސިޓީގެ މިފަދަ ކަންކަމުގައި އެ ކުލަބުން ގެންދަނީ އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.