English Edition
Dhivehi Edition
މީގެ ކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ހަތަރު މީހުންނަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެމީހުން ބަންދުކުރުމަށް ނެރުނު އަމުރުގައި ވަނީ އެ މީހުން ރާއްޖެއަށް އައިއިރު، ހަރަކާތްތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރި އިރު ހަށިގަނޑު ތެރޭގައި އެއްޗެހިތަކެއް ހުރިކަން ދެނެގަނެވުނުކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ބޭއްވި ޝަރީއަތުގައި، ކްރިމިނަލް ކޯޓުންވަނީ އެ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ދީފައެވެ.

އެ މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތާއި އެ ތަކެތީގެ ބަރުދަން ހާމަކޮށްފައެއް ނުވެއެވެ