English Edition
Dhivehi Edition
ރޭޕިސްޓް މުހައްމަދު ރިޔާޒު ރިޕޯޓަރ އާއި ވާހަކަ ދައްކަނީ، ފޮޓޯ: ގޫގަލް

ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު ރިޔާޒް 27އ އާއި އޭނާގެ އެކުވެރިޔަކު 48އަށް އަންހެނުންގެ ގަބުރު ކޮނެ ރޭޕްކޮށްފައި ވާ ކަމަށާއި އެކަން ހުއްޓާލީ ބިރުވެރި ހާދިސާ އަކަށްފަހު ކަމަށް ބުނެފިއެވެ.

ޕާކިސްތާނުގެ ނޫސްވެރިޔަކު ކުރި ސުވާލު ތަކަށް ޖަވާބު ދެމުން މުހައްމަދު ރިޔާޒު ބުނެފައިވަނީ އޭނާ އާއި އެކުވެރިޔަކު ޒުވާން އަންހެނުން މަރުވުމުން ވަޅުލާ މަންޒަރުން ސިއްރުން ބަލަން ގަބުރުސް ތާނަށް ދާކަމަށެވެ. ވަޅުލައި ނިމުމުން ގަބުރު ކޮންނަނަނީ ގަބުރުގެ ފައިކޮޅުން ކަމަށާއި އެއަށްފަހު ސަންދޯކު ތެރެއަށް ވަދެ އޮވެ ގަބުރު ރޭޕް ކުރަނީ ކަމަށް އޭނާ ކިޔައި ދީފައި ވެއެވެ.

ނޫސްވެރިޔާ މިކަންތައް ހުއްޓާލީ ކިހިނެތްތޯ ބުނެ ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ، އެންމެ ފަހުން ކޮނުނު ބަގުރު ރޭޕް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ދަތްފެންނަން ފެށި ކަމަށެވެ. އަދި އެގަބުރުގެ ލޮލުގައި އާދަޔާ ހިލާފު އައްޔެއް ހުރި ކަމަށެވެ. އެވަގުތު ބިރުން ކަށްވަޅުން ނިކުމެގެން ދިޔައީ ކަމަށާއި އަދި އޭގެ ފަހުން އޭނާ ބޭނުންވީ އިސްލާހުވެ ތައުބާ ވާންކަމަށް ބުންޏެވެ. މިކަހަލަ ކަންތައް ކުރަން ހިތަށް އެރީ ކީއްވެތޯ އާއި ތިއީ ކޮން ކަހަލަ މީހެއްތޯ ރިޕޯޓަރު ކުރި ސުވާލަށް ޖަވާބު ދެމުން ރިޔާޒު ބުނީ އޭނާ މިހަރު ތައުބާ ވެފައި ވާ ކަމަށެވެ. އަދި ކުރީ ބޮޑު ކުށެއް އަދި ފާފައެއްކަން ގަބޫލު ކުރާ ކަމަށާއި އެކަމާ އަބަދުވެސް ހިތާމަ ކުރާ ކަމަށެވެ. މީގެ އިތުރުން ރިޔާޒްބުނީ އެކަމާ ހިތާމަކޮސް އޭނާ އަބަދުވެސް މާފަށް އެދި ﷲއަށް ދުއާ ކުރާ ކަމަށެވެ.

ރިއާޒް އާއި އެކު ގަބުރުތައް ރޭޕް ކުރުމުގައި ބައިވެރިވި އެކުވެރިއާ އާއި ދެމީހުން މިވާހަކަ ނޫސްވެރިޔާ އާއި ހިއްސާ ކުރި ވީޑިއޯ ވައިރަލް ވުމުން ފުލުހުން ވަނީ މިދެމީހުން ހައްޔަރުކޮށް ޖަލަށް ލާފައެެވެ. ޕާކިސްތާނު ފުލުހުން ދަނީ މިމައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައު ބަލަމުންނެވެ.