English Edition
Dhivehi Edition
އިމިގްރޭޝަންގެ އޮފިޝަލަކު ޕާސްޕޯޓެއް ބަލަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

އަންނަ މަހުގެ ނިޔަލަށް ހަމަވާ ހުރިހާ ވިސާއެއްގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާރިޗު 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލެ ސަރަޙައްދު ފުރަބަންދުކުރުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވިސާ، ވާރކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރުމާއި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވިސާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވިސާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، 19 މާރޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.