English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދުގެނެސްދެނީ މެދުއިރުމަތީގެ ގައުމުތަކުގައިވެސް ވަރަށް މަޝްހޫރު ފޮނިކާއެއްޗެއްގެ ރެސިޕީ އެކެވެ. މި ރެސިޕީގެ ރަހަޔަކީ ދިވެހިންނާ ވެސްގުޅޭ ރަހައަކަށް ވުމާއެކު މި ރެސިޕީ ގެއަޖުމަ ބަލާލުން ކިހިނެއްވާނެތޯ؟

ބޭނުންވާތަކެތި:

3 ޖޯޑު ކިރު (ހޯލްމިލްކް)

1 ޖޯޑު ހެވީ ކްރީމް

6 ސަމްސާ ކޯންފްލާ / ހަނޑޫ ފުށް

1/2 ޖޯޑު ހަކުރު ނުވަތަ ރަހަލާ ވަރަށް

1 ސަމްސާ ރޯސްވޯޓަރ / ރޯސް އެސެންސް

3 ކާފޫރު ތޮޅި (ކާޑެމަން ޕޮޑް)

ގާނިޝް ކުރުމަށް :

2ސަމްސާ ޕިސްޓާޗިއޯ ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް

3 ސަމްސާ ރޯސްސިރަޕް 2 ސަމްސާ ފެނުގައި ގިރާފައި

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތެއްޔަކަށް ކިރު އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް ކައްކާށެވެ. ދެން ފެންފޮދެއްގައި ޒުވާރިފުށް ގިރާލާފައި ކައްކަން އުދާފައިހުރި ކިރުގެ ތެރެއަށް އަޅާފައި އޮލަވަންދެން ދޭފަތުން ހަލުވަމުންދާށެވެ. އޮލަވީމަ އުނދުންމަތިން ބޭލުމަށްފަހު ހެވީކްރީމް، ރޯސްވޯޓަރ އަދި ތޮޅި މީގެތެރެއަށް އަޅާފައި އެއްކުރާށެވެ. ދެން ތައްޓަކަށް އަޅާފައި އޭގެ މައްޗަށް ރޯސްސިރަޕް ލޭޔާ އަޅާފައި މައްޗަށް ގާނިޝް ކުރުމަށް ނަޓްސް އަޅާފައި 2-4 ގަޑި އިރުވަންދެން ފްރިޖްގައި ބަހައްޓާފައި ސާރވް ކުރާށެވެ.