English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވި ޝިފާގު މުފީދު (ހިސްޓޯ)ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފިއެވެ. ފުވައްމުލަކު މެދު ދާއިރާ މެންބަރު ކަން ވެސް ކުރެއްވި ޝިފާގު ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ ބައެއް ނިންމުންތަކާމެދު ހިތްހަމަޖެހިވަޑައި ނުގެން މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ. 2015 ވަނަ އަހަރު އޯގަސްޓްމަހު އެޗްއާރްސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ޝީފާގު މެއި 11 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވި އިރު އެ މަގާމުން ވަކިވެ ވަޑައިގެންނެވި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ. އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންނެވި ޝިފާގުވަނީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. ރައީސް އަބްދުﷲ ޔާމީންގެ އަށް ވެރިކަން ލިބުމާއެކު އަނެއްކާވެސް ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އަދިވެސް ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައެވެ.