English Edition
Dhivehi Edition

ޑަބްލިއު.ޑީ.ސީ ބަށި ބޯޅަ ޓޯނަރމަންޓް 2024 ގައި މޭރީ ސްޕޯރޓްސް ބަލިކޮށް ދަ ބިގް ރެންޗް ކާމިޔާބުކޮށްފިއެވެ.

ގއ. ވިލިނގިލީގައި ކުރިއަށް ގެންދާ ޑަބްލިއު.ޑީ.ސީ ބަށި ބޯޅަ ޓޯނަމަންޓް 2024 ގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ މޭރީ ސްޕޯޓްސް ކުލަބާއި ދަ ބިގް ރެންޗް ޓީމެވެ.

މޭރީ ސްޕޯޓްސް ކްލަބް އިން 02 ލަނޑު 11 ފޯލި ދީފައިވާއިރު ދަ ބިގް ރެންޗް ޓީމްއިން 11 ލަނޑު 02 ފޯލި ވަނީ ދީފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ދަ ބިގް ރެންޗް ޓީމްގެ ސަފީނާޒްއެވެ. މި މެޗް ޝަރަފުވެރި ކޮށްދެއްވައިފައި ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއޔުޓީ މިނިސްޓަރ ނަޒްލީން ނަޖީބެވެ.

މި މުބާރާތުގައި ޖުމްލަ 04 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 2500ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މާދަމާ ކުޅުމަށް ހަޖެހިފައިވަނީ ޓީމް މެޑުސާ އަދި ސަނީ މަލްޓި ވޯކްސްއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 14 ސެޕްޓެމްބަރ 2024 ވަނަ ހޮނިހިރު ދުވަހުގައެވެ.