English Edition
Dhivehi Edition

ވިލާ ކޮލެޖު (ވީސީ) އިން އައްޑޫސިޓީ ހިތަދޫގައި ހިންގާ ކެމްޕަހުގެ އޯޕަންޑޭ އިއްޔެ ބާއްވައިފިއެވެ. އޯޕަންޑޭގެ ހަރަކާތްތައް ބާއްވައިފައިވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ހިތަދޫ ކެމްޕަހުގައެވެ. އޯޕަންޑޭގައިވަނީ އެތަނުން ހިންގާ ތަފާތު ކޯސްތަކާއި ކިޔެވުމުގެ ތަފާތު ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދީފައެވެ. އޮޕަންޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެންމެންނަށްވެސް ހުޅުވާލައިގެންނެވެ. އެ ހަރަކާތުގައި ހިލޭ ކޮފީއާއި، ގޭމްކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އޯޕަންޑޭއަށް ވަރަށްގިނަ މީހުން ޒިޔާރަތް ކުރިއެވެ. ވިލާކޮލެޖު ހިތަދޫ ކެމްޕަހަކީ ރަށުގައި ތިބެގެން ކުދިންނަށް ކިޔެވުމުގެ ރަނގަޅު ފުރުސަތު ފަހިކޮށްދެއްވަމުން ގެންދާ ތަނެކެވެ. މިހާރުވެސް އެތަނުން 160 ވަރަކަށް ކުދިން ކިޔަވަމުން ގެންދެއެވެ.