English Edition
Dhivehi Edition
އެމްއެންޑީއެފްގެ އޮފިސަރުންތަކެއް ޕީޕީއީގައި - ފޮޓޯ: މީސްމީޑިއާ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 10 މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މީގެ ކުރިންވެސް މިއަދު 03 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 59 އަށް އަރައިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

މިއަދުވެސް ރާއްޖެއިން 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1078 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 1،390 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 972 މީހުންނެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މެއި 28ގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.