ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު އެނިމޭޓެޑް ފިލްމުތައް އުފެއްދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެން ނޫންނަމް ބޮލީވުޑްގެ ބައެއް ތަރިން ފިލްމީ ދާއިރާއިން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް 2012 އަހަރު ރިލީޒްކުރި ‘ގޭންގްސް އޮފް ވަސެއިޕޫރް’ އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ކާމިޔާބުރި އެކްޓަރު، ހުމާ ސަލީމް ގުރެއިޝީ ބުނެފިއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ހުމާ ބުނީ މިހާރު ޓިކްޓޮކްގެ ނުފޫޒު ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށާއި ޓިކްޓޮކްގެ ސަބަބުން ބޮލީވުޑްގެ ބައެއް ތަރިންނަށް ލިބޭ ފުރުސަތުތައް ހަނިވެ އެމީހުންގެ ވިޔަފާރިތައް ހުއްޓިދާނެކަމަށެވެ.
“މިހާރުވެސް އެނިމޭޝަން ފިލްމުތައް އުފެއްދުމަކީ ކުރިއަށް ގެންދެވިދާނެ މަސައްކަތެއް. އެހެން ނޫނީ އަހަރެމެން ކަހަލަ އެކްޓަރުންގެ މަސައްކަތް ހުއްޓިދާނެ. ޓިކްޓޮކްގެ ސަބަބުން މުޅި މި ދާއިރާގެ ތަސައްވަރު މި ވަނީ ބަދަލުވެފައި. އަހަންނަށް ކުރީ ދުވަހަކުވެސް ޓިކްޓޮކް އިން ފެނުނީ ކުކުޅު ފަޔަކާއެކު މީހަކު ކުޅެފައިވާ ވީޑިއޯއެއް. މިހާރު އޭނާ އަކީ ލޯކަލް ‘ޗިކަން ބްރޭންޑް’ގެ އެމްބަސަޑަރެއް”، ބޮލީވުޑަށް ޓިކްޓޮކްގެ ސަބަބުން ކޮށްފައިވާ އަސަރު ބަޔާންކޮށްދެމުން ހުމާ ބުންޏެވެ.
ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ ހުމާގެ ކަންބޮޑުވުންތައް ހާމަކުރަމުން އޭނާ ބުނީ ޓިކްޓޮކްގެ ސަބަބުން އޭނާ ފަދަ ތަރިންނަށް ފިލްމީ ދާއިރާއިން ދުރަށް ދާންޖެހިދާނެކަމަށެވެ.ބެލުންތެރިންގެ ލޯބި ހޯދާފައިވާ ހުމާ ގިނަ ބަޔަކަށް އެގިގެން ދިޔައީ އޭނާ 2017 ވަނަ އަހަރު ކުޅުނު މަޝްހޫރު ފިލްމު ޖޯލީ އެލް އެލް ބީ2 ކަށް ފަހުގައެވެ. ހުމާ ވަނީ ފިލްމީ އިންޑަސްޓްރީގައި އޭނާގެ ނަން ހިފެހެއްޓުމަށް ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.