English Edition
Dhivehi Edition
Himmafushi also has a large drug rehabilitation center on the island.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ރިހެބުން ނެގި ރެންޑޮމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު އެރަށު ކައުންސިލަށް އަންގާފައިވާއިރު މިހާރު އެ ރަށް އޮތީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ.

ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރުން ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިހެބުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިން ޒުވާނުންގެ ތެރެއިން އެކަކު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން ފަށާފައިވަނީ މިދިޔަ މަހުގެ 08 ވަނަ ދުވަހުއެވެ. އަދި އަނެއް ދެ ޒުވާނުން ފަރުވާ ހޯދަން އެތަނަށް ގޮސްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ރާއްޖެއިން މިހާތަނަށް 1020 މީހަކަށް މި ބަލި ޖެހިފައިވާއިރު މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް19 ފެނިފައިވާ ރަށްތަކަކީ ހއ. އުލިގަމާއި، ށ. ނަރުދޫއިން އަދި ހއ. ތަކަންދޫ އަދި ކ. ތުލުސްދޫއިން، ނ.މަނަދޫ ވެ އެވެ. އަދި އަދި މި ބަލީގައި ހަތަރު މީހަކު ނިޔާވެފައިޥާ އިރު، 45 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.