English Edition
Dhivehi Edition
ރިހެބިލިޓޭޝަން ސެންޓަރުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތު

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިއުލާންކޮށްފިއެވެ.

އެންޑީއޭ އިން ވަނީ އެ ތަނަށް ބޭނުންވާ ފަރުނީޗަރާ އި އިދާރީ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިއުލާންކޮށްފައެވެ. މި ގޮތުން ނޯޓިސް ބޯޑު، ވޯލް ކްލޮކް، އިމެޖެންސީ ލައިޓް، ވޯލް ފޭން، ގަބެޖް ބިން، ޑަސްޓް ބިން، ފަދަ ގިނަ ސާމާނުތަކެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

އެންޑީއޭ އިން ބުނީ އެތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތް ހަވާލުކުރުމުގައި އަގާއި ތަކެތި ސަޕްލައިކޮށްދޭން ހުށަހަޅާ މުއްދަތަށް ބެލުމަށް ނިންމާފައިވާއިރު، އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް 70 ޕޮއިންޓް އަދި އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް 30 ޕޮއިންޓް ލިބޭނެ އެވެ.

ޑިޒައިނިން އެންޑް ބިލްޑް އުސޫލުން، ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.މި އިމާރާތުގެ މަސައްކަތް ނިމުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިމަޝްރޫއު ރެއިންބޯއާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ. މީގެތެރޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ 7 މިލިއަން ރުފިޔާ އާއި، ސަރުކާރުން 7 މިލިއަން ހިމެނެއެެވެ.