English Edition
Dhivehi Edition
އައްޑޫ ރިހިބިލިޓޭޝަން ސެންޓަރު

ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކުރުމުގެ ހުއްދައަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ވީ މިއީ ދިވެހި މުޖުތަމައުގައި ވަރަށްވެސް ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން އަބްދުﷲ ނާޒިމް ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެއްޓުމަށް ނިންމާފައިވާކަމަށެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ މި ޕްރޮގްރާމް ފުރަތަމަ ހިންގާ ތިން ސަރަހައްދެއްގެ ގޮތުގައި ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ އެއް ރަށް ހިމެނޭކަމަށެވެ.