English Edition
Dhivehi Edition

ހިއްމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ، ޖަލުން ފިލައިގެން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ،

ޖަލުން ފިލ؛ައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު އެވެ. އޭނާއަކީ ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެ އިން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައިތަނުން ހައްޔަރުކުރި މީހެކެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުން އޭނާ ފިލާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ކަރެކްޝަންސް އިން ބުނީ އެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ފިލުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދާ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.