English Edition
Dhivehi Edition

ނ. މަނަދޫ އިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން އެ ރަށު ކައުންސިލަށް އަންގާފައިވާއިރު އެރަށް އޮތީ މެއި އެއް ވަނަ ދުވަހުން ފެށިގެން މޮނީޓަރިންގ ހާލަތުގައެވެ.

މެއި 1 ވަނަ ދުވަހު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހަކު އިތުރު ފަރުވާދިނުމަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި އޮންނަ އުސޫލުގެ ތެރެއިން އޭނާ ކޮވިޑް19 އަށް ޓެސްޓުކުރިއިރު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ އަންހެންމީހާ ބައޔަށް ޕޮޒިޓިވްވި ގޮތެއް އަދި ސާފުވެފައިވާއިނުވާއިރު މަޢުލޫމާތު ލިބޭ ގޮތުގައި އޭނާއަކީ ހިނގާބިނގާވެ ނޫޅެވޭތީ ގެއިން ބޭރަށްދާ މީހެއް ނޫނެވެ.

ރާއްޖެއިން މިހާތަނަށް 982 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހިގެން 04 މީހަކު ވަނީ ނިޔާވެފައެވެ.