English Edition
Dhivehi Edition

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން އިއުލާނުކޮށްފިއެވެ.

މިއަދު އައިޖީއެމްއެޗް އިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި ތިން މަސްދުވަހަށް މަސައްކަތްކުރުމަށް 35 ނަރުހުން ހޯދަން ބޭނުންވާކަމަށެވެ. ހަފްތާއެކު 5 ދުވަހު ދަންފަޅި އުސޫލުން 8 ގަޑިއިރު މަސައްކަތްކުރަންޖެހޭ އިރު މުސާރައިގެ ގޮތުގައި 9060 ރުފިޔާ ލިބޭނެކަމަށާއި ސަރވިސް އެލަވަންސް -/188 ރުފިޔާ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ދެވޭނެކަމަށް އެ އިއުލާންގައިވަނީ ބުނެފައެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމަށް އެ އިއުލާނުގައިވަނީ ބުނެފައެވެ

މީގެ އިތުރުން މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނޭއިރު ވަޒީފާއަށް ކުރިމަތިލުމުގެ ތާރީހަކީ 19 މެއި 2020 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

http://www.gazette.gov.mv/iulaan/view/130215