English Edition
Dhivehi Edition
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ

އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ގަނާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް އެ ހޮސްޕިޓަލުން ގޮވާލައިފިއެވެ.

އިއްޔެ ފާހަގަކޮށްފައިވާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާއި ގުޅިގެން ޓީވީ ޗެނަލަކަށް އިންޓަވިއުއެއް ދިން އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ގަނާކޮށްފައިވާއިރު މިކަމާ ގުޅިގެން އައިޖީއެމްއެޗް އިން ވަނީ ނަރުހަކަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައާއި އެހެން ޕްލެޓްފޯމްތަކުގައި މިފަދަ އަމަލުތައް ހިންގުމަކީ މުޅި ނާސިން ޕްރޮފެޝަނަށް ކުރެވޭ ބޭއިހްތިރާމެއް ކަމުގައި ބުނެފައެވެ.

އައިޖީއެމްއެޗް އިން ބުނީ އިޖުތިމާއީ ގޮތުންވެސް ބަލައިނުގަނެވޭނެ އަމަލެއްކަމަށާއި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އިތުރަށް އައިޖީއެމްއެޗް އިން ބުނީ ނަރުހުން ފޯރުކޮށްދޭ ހިދުމަތުގައި ފިރިހެނުން ނިސްބަތުން މަދު ނަމަވެސް މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ދެ ޖިންސުގެ މީހުންވެސް ހަމަހަމަކަމާއެކު ހިދުމަތް ދެމުންދާ ދާއިރާއެއް ކަމުގައެވެ. އަދި އެ ހޮސްޕިޓަލުގެ ހުރިހާ ނަރުހުންނަކީވެސް ގާބިލު އަދި މަސައްކަތްތެރި ނަރުހުންކަމަށާއި، އެ ނަރުހުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ފިރިހެން ނަރުހަކަށް ގަނާ ކުރި މައްސަލައިގައި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.