English Edition
Dhivehi Edition

ރާއްޖޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ ތެރެއިން އެކަކު މިއަދު ބަލިން ރަނގަޅުވެއްޖެއެވެ. ކޮވިޑް 19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު މީހަކު މިބަލިން ރަނގަޅު ވެފައިވާ ކަމަށާއި މިމީހާއާއެކު ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށެވެ.

އެންއީއޯސީ ގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ މިއަދުގެ މިހާތަނަށް 43 ކޭސް ފެނިފައިވާ ކަމަށާއި އިއްޔެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަކީ 46 ކަމަށެވެ.

އަފްޒަލް ވިދާޅުވީ ސިމްޓޮމެޓިކް ކޭސް މިއަދު މަދުކަން ފާހަގަ ކުރެއްވޭ ކަމަށާއި ޕޮޒިޓިވް ވި ގިނަ މީހުންނަކީ ޢަލާމާތް ނުފެނި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.