English Edition
Dhivehi Edition
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް/ފޮޓޯ އޭއޯނިއުސް

އެވެންނަކީ ކޮންމި ހަމަ ނިޖެހުމައް ހަމަމަގައު އެޑުވާއްތިބި މީހާ.ގެއަކުން ވައްކަން ކެޑާހަސް ވަގާ ހިފާއު އޭއްތިބީއަސް އެވެރިޔެ. މާރާމާރީއަކި މެދެތެރުނަސް ފޫވައްޓަލާއި ސުލްޙަ ގިނޭއު ހިފާއްތިބޭނެއިއަސް ހަމަ އެވެރިޔެ. މިދައްކަނީ ދިވެހި ފުލުހުންގެ ވާހަކަ.އެވެރިންގެ އަގަމަގަނިވޭ ބުރަ މަސައްކަތުގެ ވާހަކަ.ރެއާއި ދެވާލި ގަދަ ފީނެއަސް ހޫނެއަސް އާއިލާ ދޫކޮށް ނުކުމެ އެތިބީ ހަމަ އެހެން ދެވަނަ ކަމަކިއައްނުން.ރައްޔަތުންގެ ހައްގުގައި.

ދިވެހި ފުލުހުން ރައްޔިތުންގެ ސަލާމަތާއި ރައްކޯތެރި ކަމައްޓަކައި ކެރާ ބުރަ މަސައްކައް ވަޒަން ވެވެނީ ހާއްސަކޮއް މިކަހަލެއި ދަތި ދަނޑިވަޅަތަކި.

އައްޑޫސިޓީއެއަސް ރަށި ބަންދުވެގެން ޢާއްމުން ވޭނޑޭއް ޖެހިފެއިވޭ މިދަނޑިވަޅި ވަރައު އިސް ސަފި މަސައްކައް ކެރާ އެއް ބާކިންނައް ދިވެހި ފުލުހުން ވެފެއި ވެއި.

ޖިނާއީ މައްސަލަތައް ތަޙުގީގު ކެރަމުން މިޅި އައްޑޫސިޓީ ޕެޓްރޯލް ކެރާކޯ މީއަދި އެވެރިންގެ މަސައްކަތި ވަރައް ކުދު މިންވަރައް. މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް އިންސްޕެކްޓަރ އަމީން ޢަބްދުލްޤައްޔޫމް ވިދާޅަވެނީ ރައްޔަތުންގެ ސަލާމަތާއި ރައްކޯތެރިކަން ކަށަވަރަ ކެޑުމައްޓަކައި އެޗްޕީއޭއިން އަނގުވާ އެނގުވުމާއި އެއްގޮތަށް ހުށިހެއި ކަމަކަސް އައްޑޫސިޓީއެ ބަރާބަރައް ކުރިއައު އޭކަމައް.

އޭގެ އެތެރެ އެއް ރަށުން އެނައް ރަށައު އޭ އުޅަނދަ ތައް ގާއިމްވެފެއިވޭ ޗެކް ޕޮއިންޓްތަކާއި ހަމައިން ޗެކްކެޑުމާއި ދަތެރެފަތެރެކޮއް ޑެލިވަރީ ކެރާއުއެދޭ ފަރާއްތަކައް އެކަމުގެ ހުއްދަ ދޫކެޑުން ހިމެނޭ ކަމައް.

އައްޑޫސިޓީގެ އިމަޖެންސީ އޮޕްރޭޝަންސް ސެންޓަރާއި ރައްރަށި ގާއިމްވެފެއިވޭ ސޯޝަލް ސަޕޯޓް ޑޭސްކާއި ސްޓޭކްހޯލްޑަރުންގެ އެހީއެއި އެއްކޮއް ފުރިހަމަ އިންތިޒާމަކި ދަށުން ހުށިހެއި ކަމަކަސް ރޭވިހަމަޖެހިގެން ހިނގަމުންއެނީ.އެހެންބަލާކަލަކި ވަރައް ފައްސޭހަ ގޮތަކައް ޑެލިވަރީގެ ކަންކަމަސް މިކެޑެ ކުރިއައުއެނީ.ހުއްދަ ދެރަފެއިވޭ ވެހިކަލްތައް ޗެކްޕޮއިންޓް ތަކުން ދޫކެރަމުން އޭނެއި.

ޗީފް އިންސްޕެކްޓަރ އަމީން ޢަބްދުލްޤައްޔޫމް

މާލެ ފުރަ ބަންދު ކެޑުމާއި ގުޅިގެން ގިނަބާކިން ރިސޯޓް ތަކާއި އެހެން ގޮއްގޮތުނަސް މާލޭ ތާށިވެ ރަށަށް ނިގީ ތިބެއި މިގޭ ހަފްތާއި އެތެރެ މީހުން ގިނެއުމުގެ ކަންތައްވެނީ ފެށިފެއި. . މިކަމިއަސް ފުލުހުންގެ ދައުރައް ތެބޮއް. ގަމި އެއަރޕޯޓުން ފެށިގެން އެމީހުން ގިނޭއް ހަމަޖެހިފެއިވޭ ކަރަންޓީން ފެސިލިޓީއަކާއި ހަމާއް ފުލުހުންގެ އުޅަނދަތަކި އުހުއްލުމުގެ ހުށިހެއި އިންތިޒާމައް ހަމަޖައްސަނީ ފުލުހާ.

އަފިރިން އެންމެންނަސް މިތިބީ ގައިދުރުކަން ބާގެން ގޭ. ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން އެއްވިއަސް ކަމަކި ގެން ބޭރައް ނިނުކުމުމާ. މީބަރަކާއްތެރި ރޯދަ މަސްކަމައް ވެފެއި އަދި ކޮވިޑް 19 ގެ ހާލަތު އާސް ޖެހެނެފަހުން ރިސޯޓްތަކި ތިބި އައްޑޫސިޓީގެ ވަރައް ގިނަ މީހުންނަސް އާސް މިކޯ ތިބީ ރަށި. ބޭރަށަސް އޭ ހިއްވޭހެއް. ހަވީރިފީނައް ނުކުމިލާހިތަސް ވޭހެއް. އެހެން ފެހެނާސް ރައްޔަތުން އަދަ ތިބީ ބަސް އަހަގެން. އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގުގެ ކޮންމި ދުވަހަކުގެ އާދޭހާއި އެޗްޕީއޭގެ އިލްތިމާސްތައް މިސިޓީގެ ރައްޔިތުން ކަނިލާއި އަހަފީކަން އެނގިގެން އެނީ ތަންފީޒީ އިދާރާކުގެ ވެރިއަކާގެ ދުލުން އިވޭ މިކަހަލެއި ބަހަކުން.

ކުށައު އަރަގަތުން ކުރިއައްވަނި ވަރައް ބޮނޑަތަން މަދަ.މޫވްމެންޓްސް ތަކަސް މަދަވީމެއި ކަމައް ބޮނޑައް ބެލެވެނީ.ދެން މި ލިބެމުން އޭ މަޢުލޫމާތުތައް ގަބޫލުކޮށް އޭނައު އަމަލަ ތެބެ ކެރަތާ ވަކިން ހާއްސަކޮއް ރިސޯޓް ތަކުން އާސްތިބި ކުދިޔެ.

ޗީފް އިންސްޕެކްޓަރ އަމީން ޢަބްދުލްޤައްޔޫމް

 

އެވިދާޅަވީ ޝުކުރު ހައްގު ވާހަކާއް. ނިރައްކޯތެރި ކޮވިޑް 19 އިން އަފިރިން ސަލާމައްވުމެ ފަރުދީ ޒިއްމާ ރައްޔިތުންނަސް އަދާކެރާއް ވޭހެއް. އަމީނުގެ ނަސޭޙަތަކަސް މި ފުރުސަތި ތެބޮއް. ގޭބަންދުވެގެން މިކޭއި ވޭނޑޭ ފުލްލޮކްޑައުންއަކައް އޭއު އެހެކާސް ބޭނުން ވޭށީ؟ ނިވޭފެހޭ އަމީންގެ މިނަސޭހައު އަވަހައް ބަލަގަނު.

ވަރައް ދަތިވޭހެއް ފުލްލޮކްޑައުންއަކައު އޭއް ޖެހިގޭފެހޭ މިކަލައްވަނި ދަތި އުދަގު އެތައް ކަމަކާއި އެކަލަކި ކުރިމަތިލާއް ޖެހިފެއި އޮންނަނެއި. އެހެންވީމެއި އަދަ މިހެދިފެއިވޭ ގަވާއިދުތައް ތަންފީޒް ކެޑުމުގައި ރައްޔިތުންގެ އެއްބާރަލުމާއި އެހީތެރިކަން ވަރައް ބޮނޑާއް ބޭނުންވެއި.

އޭއޯނިއުސްއައް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއަކި ޗީފް އިންސްޕެކްޓަރ އަމީން ޢަބްދުލްޤައްޔޫމް ވިދާޅަވީ އިހުމާލްވެވޭ ބައެއް ކަހަލެއި ކަންތައްތައް މިކަލަސް ފެނެމުން އޭކަމަށާއި އެގޮތުން މަސްބާއްތިބޭ ތިބުމެ ގައިގޯޅިކޮއް ތިބުމާއި ބަނދަރި ސަރަޙައްދައް މީހުން ޖަމާވުމާއި ހަވީރި ގަޑިއެ ތަންކެޑައް ގިނައިން ބޭރެތެރައް މީހުން ނުކުތުމާއި ކުޅިވަރަ ކޮޅެނެ ތަންތެއި ދުވަސްވީ މީހުން މަޑަކޮއްގެން ތިބުން ފާހަނގަ ވޭކަމައް.

މީހައްތާއިއަސް ނިލާހިކަ ފައްސޭހައިން ޙައްލުވޭއް ތިބި ކަންކަން. ބޭނުން ވެނީ ކުދުކުދު ހިއްވަރައް. ބޭރައުއޭ ކޮންމި ފަހަރަކީ ތިމާއި ތިމާގެ ލޯބިވޭ އެތައް ބާކިން ނިރައްކަލައް ހުށެހެޅިގެން އޭފަދަ ހަމަލާއްކަމައް ރުހުމުގައި ގަބޫލު ކެރާއްވެނީ. ހިތާއި ސިކުނޑިއެ އެތެރެ އެކަން ބިންވަޅަ ނެގިގޭފެހޭ ފުލުހުންގެ މިއާދޭސް އަޑައަހާހެއް ކަމާއި މެދެ ޝައްކައް ނެއް.

އައްޑޫސިޓީން ޕޮސިޓިވް ކޭހައް ފެނުމާއި ގުޅިގެން، ގެން ބޭރަވުމާއި އެއްތެތި ދިއްވުމަސް މިކޯ ވެނީ މަނާކޮށް އަވަށްތައް ބަންދުކޮށްފެއި. މިކޯ މިކޭސް ނެގެޓިވް ކަމަށް އެޗްޕީއޭ އިން އަނގުވަލިއެ. އެހެންފެހެނާސް އައްޑޫސިޓީ އަދި މިއޮތީ ހަމަ ފުލްލޮކްޑައުން އެ ކަމަށްވެފެއި އަދި ވަކިން ޚާއްސަކޮއް އަމެއްލަ ސަލާމަތައްޓައިއަސް ގެންބޭރައް ނިގޮސް ގޭމަޑަކެރުމަކީ އެދެވިގެންވޭ ކަމައް.