English Edition
Dhivehi Edition
އައްޑޫސިޓީގައި ފްލޯޓިންގ ވޯޓަރ ތީމް ޕާރކް ތަރައްޤީކުރެވޭ ސަރަހައްދުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލް އާއި ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑް އާއި އެކު އިއްޔެ ސޮއިކޮށްފިއެވެ.
މިއީ ޖުމްލަ 81،233.84 ރުފިޔާ ޚަރަދުކުރެވިގެން ކުރިއަށް ގެންދެވޭ މި މަޝްރޫއެކެވެ.

ތީމް ޕާކު ތަރައްގީ ކުރުމަށް ނިންމައި ކައުންސިލުން އެ ޕާރކް ތަރައްގީ ކުރާ ސަރަޙައްދުގެ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އެޕްރީލް މަހު ހަ ވަނަ ދުވަހުގައެވެ. ނަމަވެސް އޭރު އެއްވެސް ބަޔަކު ބީލަން ހުށަހަޅާފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާނުކުރީއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރާއްޖޭގައި އެބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ބަޔަކަށް ކަމަށެވެ.

އައްޑޫގައި ވޯޓާ ތީމް ޕާކެއް އަޅަން ކައުންސިލުން ނިންމާފައި ވާއިރު، ބ. ކަމަދޫ ކައުންސިލުން ވެސް މިދިޔަ އަހަރު ވަނީ ޕާކެއް އަޅަން ނިންމައި އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.