English Edition
Dhivehi Edition

ކޮވިޑް 19 އަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު ބައްޔަށް ބޭސް ކުރެވެމުންދާ މީހުންގެ އަދަދަކީ 650 ކަމަށާއި ރާއްޖެއިން ކޮވިޑް-19 ޖެހި ޝިފާ ލިބިފައިވާ މީހުންގެ އަދަދު މިހާރު 29 އަށް އަރާފައިވާކަމަށެވެ. ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި 16 ދިވެހިންނާއި 13 ބިދޭސީން ހިމެނޭއިރު، ރާއްޖެއިން މި ބަލިޖެހިގެން މިހާތަނަށް ތިން މީހަކުވަނީ ނިޔާވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ޖެހިފައިވާ މީހަކު މިއަހަރުގެ މާޗްމަހުގެ ކުރީކޮޅު ފެނިފައިވާއިރު މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މާލެއިން ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު ފެނިފައެވެ. މާލެ އިން ބަލިޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަަދަދަކީ 783 އެކެވެ.