ރާއްޖެއިން އަނެއްކާވެސް އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 23:00 އާއި ހަމައަށް އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 06 މީހުންނާއި، 04 ދިވެހިން ކަމަށެވެ.
✳️ COVID-19 Case Updates
As of 11:00pm, confirmed an additional 10 cases of COVID-19 infection in Maldives.
Cases:
– 06 Bangladeshi
– 04 MaldiviansTotal number of cases: 744
— Health Protection Agency (@HPA_MV) May 8, 2020
މިއަދު މީގެ ކުރިންވެސް 86 މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ބަންގްލަދޭޝްގެ 67 މީހުންނާއި، 14 ދިވެހިންނާއި، އިންޑިއާގެ 03 މީހުންނާއި ސްރީ ލަންކާގެ މީހަކާއި ނޭޕާލްގެ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 744 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 508 ބިދޭސީންނާއި 236 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 419 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫ އަދި މަނަދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމައިފަ އެވެ.