English Edition
Dhivehi Edition
ޚާރޖީ ވަޒީރު އަބްދުﷲ ޝާހިދު. ފޮޓޯ:ރާއްޖެއެމްވީ

އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ކޮވިޑް-19 އާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އެގޮތުން އެ އެހީގެ ސަބަބުން ކޮވިޑް-19ގެ އަސަރު ކޮށްފައިވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރާއި، ޕްރައިވެޓް ސެކްޓަރ އަދި މާލީ މުއައްސަސާތަކަށް ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި މި ދަނޑިވަޅުގައި އެމެރިކާއިން ފޯރުކޮށްދިން މި އެހީ ފާހަގަކުރައްވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެމެރިކާ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ޕޮމްޕޭއޯ އާއި އެޤައުމުގެ ސަރުކާރަށްވެސް ޝުކުރު ދަންނަވައިފަ އެވެ.

އެމެރިކާގެ އިތުރުން ޖަޕާންގެ ސަރުކާރުންވެސް ވަނީ ރާއްޖެއަށް 8.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،634،468 މިލިއަން ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 މިލިއަން ދިވެހި ރުފިޔާ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދީފައެވެ.