English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

“އަދަބީ ޢީދު 2017” ގެ ނަމުގައި ލަންކާގައި ދިވެހި އަދަބީ ޢީދެއް ބާއްވައިފިއެވެ.މި އޮގަސްޓު މަހު 18 އިން 20 އަށް ލަންކާގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (ސޯސަންވިލާ) ގައި ބޭއްވި މި އީދަކީ ދިވެހި ޅެންވެރީންގެ ތެރޭން ބަޔަކު އިސްނަގައިގެން ދިވެހި ބަހުގެ އެކެޑަމީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފާރާއި ގުޅިގެން ބޭއްވި ހަރަކާތެކެވެ.

އެކި އައިޓަމްތައް ހިމެނޭ ގޮތަށް ކުރިއަށްދިޔަ އަދަބީ އީދުގައި ތިން އުމުރުފުރާއެއްގެ ދަރިވަރުންގެ މެދުގައާއި ބެލެނެވެރިން އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ގިނަ އަދަބީ މުބާރާތްތަކެއްވަނީ ބާއްވާފައެވެ.ދުއިސައްތައެއްހައި ދަރިވަރުން ބައިވެރިވި އަދަބީ އީދުގައި އަތުލިޔުމުގެ މުބާރާތަކާއި، ރައިވަރު ކިޔުން އަދި އެބައުޅޭ އެބައުޅޭ ވާހަކަ ކިޔާ ދިނުން ފަދަ މުބާރަތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސާނަވީ އިމްތިޙާނަށް އެހީތެރިވުމުގެ ގޮތުން ގުރޭޑު 10ގެ ދަރިވަރުންނަށް ޚާއްސަ ކިލާހެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރީންނަށް ހުޅުވާލައިގެން ޅެން ހަދަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމަކާއި، މުދައްރިސުންނަށް އަމާޒުކޮށްގެން ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދޭ ކިލާހެއްވެސް ވަނީ ބާއްވާފައެވެ.