English Edition
Dhivehi Edition
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް--ފޮޓޯ ޓުވިޓަރ

ކޮވިޑް 19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ، ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ދެބޭފުޅުން މިއަދު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 އާ ދެކޮޅަށް ދެޤައުމުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދެޤައުމަށް މާލީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެޤައުމު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއަށް ކޮވިޑް-19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި މިވަގުތު ރަޝިޔާގައި ތިބި ދިވެހި ދަރިވަރުންގެ ޙާލަތާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.