English Edition
Dhivehi Edition

 

ދޭތެރެ ދޭތެރެއިން ފެންނަ ލިއުންތަކާއި ވީޑިއޯ ތަކުގައި ޙަކީމީ ބޭހާއި ވިޓަމިންސީ ފަދަ ބާވަތްތަކުން ބަލި ރަނގަޅުވާ ކަމަށާއި ކޮވިޑް 19 އަށް ފަރުވާ ކޮށްދޭކަމަށްބުނުން ފަދަ ޙަޤީޤަތެއް ނެތް ވާހަކަ ތައް ދައުރު ވަމުން ދާތީ މިކަމަށް ޔޫޓިއުބުން ފިޔަވަޅު އަޅައިފިއެވެ.

ގޫގުލްގެ ބެލެނިވެރިކަމުގައި ހިންގަމުން އަންނަ ޔޫޓިއުބުން ބުނީ ސިއްޙީ ގޮތުން ފުށުއަރާ ހުރިހާ ކޮންޓެންޓެއް “ބޭން” ކޮށް ދެއްކުން މަނާ ކުރާނެ ކަމަށެވެ. ޔޫޓިއުބްގެ ޗީފް އެގްޒެކެޓިވް ސޫޒަން،މީޑިއާ ތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ބޮޑެތި މީޑިއާތަކުން މިކަމުގައި ޔޫޓިއުބް ބަދުނާމް ކުރަމުންދާ ކަމަށާއި ކަމުގެ ޙަގީގަތް ނުބަލާ ވާހަކަ ދައްކާކަމަށެވެ.

ބުނެފާނެ ވިޓަމިން ސީ އާއި ރީނދުލަކީ ކޮވިޑް 19 ގެ ފަރުވާ އެކޭ. ތިމަންނަ މެން ކޮވިޑް 19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެމޭ. ” މިއީ އަޅުގަނޑު މެންގެ އުސޫލާއި މުޅިން ޚިލާފު ވާހަކަތައް. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ސިއްޙަތާއި ގުޅިގެން ނެރޭ ބަޔާންތަކާއި ޚިލާފަށް ސިއްޙަތާއި ގުޅުވައިގެން ވާހަކަ ދެއްކުމަކީ ޤާނޫނީ ކުށެއް.

ޗީފް އެގްޒެކެޓިވް މިސިޒް ސޫޒަން

 

މިދިޔަ ހަފްތާގައި ފޭސްބުކުން ވަނީ ކޮވިޑް 19 އާއި ގުޅުންހުރި ނުބައި މަޢުލޫމާތު ހިމެނޭ ވާހަކަތައް ކިޔާ ، ބަލައިފިނަމަ ޑަބްލިއު އެޗް އޯގެ ވެބްސައިޓަށް ޒިޔާރަތް ކުރުމަށް އެމީހަކަށް އިރުޝާދު ދޭންނިންނާފައެވެ. ވަޓްސްއަޕްގެ ވެސް ކޮންޓްރޯލް އޮންނަ ފޭސްބުކުން އިތުރަށް ވެސް ވަނީ ކޮވިޑް 19 އަށް ހޭލުންތެރި ކުރުވުމަށް ގިނަ ބައިތަކެއް ހިމަނާފައެވެ.

ކޮވިޑް 19 ގެ ބަލި ދުނިޔޭގައި ފެތުރެންފެށިފަހުން މީސްމީޑިއާގައި ކޮވިޑް 19 އަށް ޓެގްކޮށް ކޮންމެ މަޢުލޫމާތެއް ޖެހުމުންވެސް އެއެއްޗެއް ވައިރަލްވެ އެތައް ބަޔަކަށް ފެންނަމުން ދާތީ ކަމާއި ގުޅުންނެތް ވިޔަފާރިތަކާއި ކާރުޚާނާ ތަކުގެ އެކި އެކި އިޝްތިހާރު ތަކުގައި ވެސް ކޮރޯނާ ވައިރަސް ނުވަތަ ޕެންޑެމިކް ފަދަ ބަސްބަސް ޖަހާ މައްސަލަ އެތައް ބަޔަކު އަންނަނީ ކުށްވެރި ކުރަމުންނެވެ. ފޭސްބުކާއި ޔޫޓިއުބުން މި ނިންމި ނިންމުމާއެކު މިކަމަށް އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.