English Edition
Dhivehi Edition

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރެއްވުމަށް މަޖިލީހަށް ރުހުން ހޯދަން ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މެދުކެނޑިފައި އޮންނަތާ 22 ދުވަހަށް ފަހު، މާދަމާ ބާއްވާ ޖަލްސާގައި މުންދުގެ ނަން ދިރާސާ ކުރެއްވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. މުންދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

މުންދު އަކީ މިހާރު ވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އަދި ސްރީލަންކާގައި ކުރިން ރާއްޖޭގެ ސަފީރެއްގެ ގޮތުން ހުންނެވީ ޒާހިޔާ ޒަރީރު އެވެ.