English Edition
Dhivehi Edition

ބޭނުންވާ ތަކެތި

10 ފޮތި ޕާން
1 މަސް ދަޅު ފަސް މީރު
1 ފިޔާ ވަރަށް ހިމުން ކޮށް ކޮށާފައި
3/1 ސައި ސަމުސާ މުގުރި އަސޭ މިރުސް
1 /4 ފަޅި ގިތެޔޮ މިރުސް
1ޖޯޑު ގާނާފައި ހުރި މޮޒޮރެއްލާ ޗީޒް
1 ޓޮމާޓޯ ފޮތި ކޮށް ފައި
ކުޑަ ބެލް ޕެޕަރ ކޮޅެއެް
ލޮނުކޮޅެއް
2/1 ސައި ސަމުސާ މަސްޓަޑް ކްރީމް
ބަޓަރ ކޮޅެއެް
4 މޭޒުމަތީ ސަމުސާޓޮމާޓޯ ސޯސް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
ތެޔޮފޮދެއް

ތައްޔާރު ކުރާނެ ގޮތް

ޕާން ފޮތި ތަކުގައި ތުނިކޮށް ބަޓަރ ކޮޅެއް ހާކާފައި ބަހައްޓާށެވެ.
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ހޫނު ވީމާ ތެޔޮފޮދެއް އަޅާލާށެވެ. ތެެޔޮފޮދު ހޫނުވީމާ ފިޔާ ،މިރުސް، އެއްކޮށް އަޅާލާށެވެ.
ފިޔާކޮޅު މޯޅި ވަންދެން ދޭފަތުން ހަލަމުންދާށެވެ.ދެން މަސް ސޯސް ޕޭސްޓް ލޮނު، އަސޭމިރުސް އެއްކޮށް އަޅާފައި ހަނާކޮށްފައި އުނދުން މަތިން ބާލާށެވެ.

ކޮންމެ ޕާން ފޮއްޗަކަށް މަސް ކޮޅެއް އަޅާފައި ޓޮމާޓޯ ފޮތި ދެފަޅިކޮށްފައި ދެ ޓޮމާޓޯ ކޮޅު ބާއްވާފައި ބެލް ޕެޕަރ ހަނި ކޮށް ކޮށާފައި 2 އެތިކޮޅުވަރު ބާއްވާފައި ޗީޒް ކޮޅެއް ބުރުވާފައި ޗީޒްކޮޅު ދިޔާވަންދެން އަވަންގައި ފިހެލާށެވެ.

ތަވާ ގައި އަތުރާފައި މަތި ޖަހައިގެން ވެސް ފިހެވޭނެއެވެ.