English Edition
Dhivehi Edition

“އޭއޯ ރޯގައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަވީއްލުމަށް ވަރަށް ހާއްސަ ބުއިމެއް ތައްޔާރުކުރާނެގޮތުގެ ރެސިޕީއެވެ. އަނބަކީ ރާއްޖެއިން ފަސޭހަ ކަމާއެކު ލިބެން ހުންނަ މޭވާ އެއްކަމުން މި މޭވާބޭނުން ކޮށްލައިގެން ތައްޔާރު ކުރާ މިޑްރިންކް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި: (2 ތަށްޓަށް)

4 މޭޒުމަތީ ސަމްސާ މެންގޯ ޕިއުރީ (އަނބު ކޮށާފައި މިކްސަރުން ފުނޑާފައި)

3 މޭޒުމަތީ ސަމްސާ ލުނބޯ ހުތް

4 މޭޒުމަތީ ސަމްސާ ޝުގާ ސިރަޕް

މިންޓްލީވްސް ކޮޅެއް

ސްޕްރައިޓް

އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

މިންޓްލީވް، ޝުގަރ ސިރަޕް، ލުނބޯ ހުތް އަދި މެންގޯ ޕިއުރީ ބްލެންޑަރަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިއްލޫރިތައްޓަކަށް އައިސްކިއުބް އަދި ތައްޔާރުކުރި މެންގޯ މިކްސްޗަރ އެޅުމަށްފަހު ސްޕްރައިޓްވެސް އަޅާފައި މައްޗަށް ގާނިޝް ކުރުމަށް މިންޓްލީވްސް އަދި ލުނބޯ ފޮއްޗެއް އެޅުމަށްފަހު ސާރވް ކުރާށެވެ.