English Edition
Dhivehi Edition

ސިނަމަން ރޯލް އަކީ ވަރަށް ގިނަ ބަޔަކު ގަޔާވާ އަދި އެހާމެ މަޝްހޫރު އެއްޗެކެވެ.ގިނަ ފަހަރު މީރު ސިނަމަން ރޯލް އެއް ކާލަން ލިބެނީ ރެސްޓޯރެންޓެއް ފަދަ ތަނަކަށް ގޮސްގެން ނަމަވެސް ހަމަ އެހާމެ މީރުކޮށް މިއީ ގޭގައި ވެސް ތައްޔާރުކޮށްލެވިދާނެ ފަސޭހަ ބާވަތެކެވެ.

އަނގަޔަށް މީރު މަޑު މި ރޯލްއަކީ ރޯދަ މަހުގެ ރޭގަނޑު ކޮފީ ނުވަތަ ސައިތައްޓަކާއެކު ތަރާވީޙު ދަމަށް ބޭނުންކޮށްލެވިދާނެ ކާނާއެކެވެ. ކިޔާދީފައިވާ ގޮތަށް ފަރުވާތެރިކަމާއެކު މަސައްކަތް ނިންމާލެވިއްޖެ ނަމަ ތަކުރާރުކޮށް ތައްޔާރުކޮށްލަން ބޭނުންވާނެ މީރު އެއްޗަކަށް މިރޯލް ވެގެންދާނެއެވެ.

ތައްޔާރު ކުރާނެ އަދަދު: 12

ފުށްގަނޑު ހެދުމަށް ބޭނުންވާނެ ތަކެތި:

4 ޖޯޑު ފުށް

½ 2 ސައިސަމްސާ އީސްޓް

ޖޯޑެއްގެ 4 ބައިކުޅަ އެއްބައި ހިމުން ކުރި ހަކުރު( ފޮނިކޮށް ކާހިތްވަންޏާ ½ ޖޯޑު ހަކުރު ރަނގަޅުވާނެ)

3/1 ޖޯޑު ބަޓަރ ނުވަތަ މާޖިރީން

1 ސައިސަމްސާ ލޮނު

2 ބިސް

1 ޖޯޑު ތާފަނާ ފެން

އެތެރެ ފުރާލަން ބޭނުންވާނެ ތަކެތި:

½ ޖޯޑު ބްރައުން ޝުގަރ(ބްރައުންޝުގަރ ނެތްނަމަ އާދައިގެ ހަކުރުވެސް ބޭނުން ކުރެވިދާނެ

1 މޭޒުމަތީ ސަމްސާ މުގުރި ފޮނިތޮށި

3/1 ޖޯޑު މާޖިރިން ނުވަރަ ބަޓަރ

2 މޭޒުމަތީ ސަމްސާ ފުށް

 

އައިސިނަށް ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމްސާ ބަޓަރ

½ ޖޯޑު އައިސިން ޝުގަރ ނުވަތަ ހިމުންކުރި ހަކުރު

4/1 ސައިސަމްސާ ވެނީލާ އެސެންސް

ކުޑަ ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ފުށްގަނޑަށް ބޭނުންވާ ހުރިހާ ތަކެތި އެއްކޮށްލައިގެން ރަނގަޅަށް ފުށްގަނޑު މޮޑެލާނީ.ކުޑަކޮށް ތަތްލެވިއަސް އެއީ މައްސަލައެއްނޫން. ފަހުން އެކަން ރަނގަޅުވާނެ. ފުންތައްޓަކަށް މޮޑުނު ފުށްގަނޑު ލުމަށްފަހު މަތި ބަންދުކޮށްފައި ގަޑި އެއްހާއިރު ބަހައްޓާނީ.މިހެންބަހައްޓާއިރު އޭސީދަށުގައި ބެހެއްޓުން އެހާ ރަނގަޅެއް ނުވާނެ. ކުޑަކޮށް ހޫނު ތަނެއްގައި ބެހެއްޓުމުން އަވަހަށް ފުށްގަނޑު އަރައިގެން ދާނެ.

180 ޑިގްރީއަށް އަވަން ހޫނު ކޮށްލުމަށްފަހު ފުއްގަނޑު ރޯލް ކޮށްލާ. ގާތްގަނޑަކަށް 21 އިންޗި 16 އިންޗިއަށް ދިގު ހަތަރެސްކަން ބައްޓަނަށް ދަމާލާނީ. އެހާވަރުން ބޯމިނުގައި ހުންނާނީ 1/4 އިންޗީގެ ވަރު.

އެތެރެ ފުރާލަން ބޭނުންވާ މިކްސްޗަރ ތައްޔާރުކުރުމަށްޓަކައި ބްރައުންޝުގަރ އާއި ފޮނިތޮށި ކޮޅު އެއްކޮށްލާނީ. (މާކުރިން މިދޭތި މިކްސް ނުކުރާތީ،ދިޔާވާން ފަށާފާނެ)

ދަމާފައިވާ ފުށްގަނޑުގައި ބަޓަރު ހާކާލުމަށްފަހު ބްރައުންޝުގަރ މިކްސްޗަރ އޭގެ މައްޗަށް އެއްވަރަކަށް އަޅާ ފަތުރާލާނީ. ހަކުރު ބަޓަރުގައި ތަތްލައްވާލަން ކުޑަކޮށް އަތުން ފިއްތާލަންވާނެ. ފުރޭންޏަކަށް 2 މޭޒުމަތީ ސަމްސަލުގެ ފުށް އަޅައިގެން ހަކުރުމިކްސްޗަރ ގެ މައްޗަށް ފުށް ފުރާނަމުން އެއްވަރަކަށް ބުރުވާލާނީ.

ސުވިސްރޯލްވެސް ހަދާހެން ވަރަށް ފަރުވާތެރިކަމާއެކު ރީއްޗަށް ފުށްގަނޑު އޮޅާލާނީ. ރޯލްތައް ¾ 1 އިންޗީގެ ބޮޑު މިނުގައި ކެނޑުމަށްފަހު ގްރީސް ކޮށްފައިވާ ޓްރޭ އެއްގައި އަތުރާލާނީ.

” އެހީ: ރޯލްތައް ވަޅިއަކުން ނުކަނޑާތި. އޭރުން ސިނަމަން ރޯލް ގެ ޝޭޕްގެއްލޭނެ.އެންމެ ރަނގަޅުވާނީ ފަލަ ރޮދިފަށަކުން ކަނޑާލުން. ރޯލްގެ ދަށަށް ރޮދިފަށް ގެންގޮސް ވަށައިގެން ދެކޮޅުން މައްޗަށް ނަގާފަ ގޮށް ޖަހަން ދަމާހެން ދެކޮޅަށް ދަމާލީމަ ރީތިކޮށް ކަނޑައިގެންދާނެ.

10 ނުވަތަ 15 މިނިޓަށް ނޫނީ ރަންމުށި ކުލަ އެރީމަ އެވީ އަވަން ނިއްވާލަން. ރޯލް ތައް ފިހެމުންދިޔަ ގަޑީގަ އައިސިންއަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު ރަނގަޅަށް މިކްސް ކޮށްފަ ބަހައްޓާނީ.

ރޯލް ފިހެ ނިމުމުން އައިސިންގެ ތުނި ފަށަލައެއް މަތީގައި ހާކާލުމަށްފަހު ހޫނުކޮށް ހުއްޓާ ފަރިއްކުޅުއްވިދާނެ. ފަހުން ބޭނުން ކުރާ ނަމަވެސް މައިކްރޯވޭވް ކޮށްގެން ކުޑަކޮށް ހޫނު ކޮށްލުމުން މީރުކޮށް ހުންނާނެ.

މިރެސިޕީ ކަމުދިޔަ ކަމަށް ހީކުރަން

 

 

2 ކޮމެންޓް
އާ ޚޮތޮ
ޑިސެމްބަރު 29, 2023
ރެސިޕީ ރަނގަޅު. އިބާރާތްކުރުމުގައި ހުރި މައްސަލަތަކަކާ ހެދި ނިކަން އުނދަގުލުން ދޭހަވީ. ބުނެދިނުންވެސް ވަރަށް ހަރުކަށި. މި ކަންކަން ރަނގަޅުކޮށްލާ
Aisha
އޭޕްރީލް 26, 2020
How much flour is needed