English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބަނާނާ ކޮފީ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

1/2 ޖޯޑު އަންސްވީޓެންޑް އަލްމޮންޑް މިލްކް

1/2 ޖޯޑު ކޮފީ (ފެނަށް ގިރާފައި ފްރިޖްގައި ބަހައްޓާފައި ފިނިކޮށްފައި)

1 ގަނޑުކުރި ދޮންކެޔޮ

1/2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްސް

ބޭނުންނަމަ: އައިސް ކިއުބް އަދި މާމުއި ނުވަތަ ޕްރޮޓިން ޕައުޑަރ އެއް

ބޭނުންނަމަ: ވިޕިންގ ކްރީމް

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް އައިސްކިއުބް އަދި މާމުއި ފިޔަވައި ހުރިހާ އެއްޗެއް އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން ތަށްޓެއް ނަގާފައި އޭގެތެރެއަށް ސްމޫތީ އެޅުމަށްފަހު މައްޗަށް އައިސް ކިއުބް އަޅާފައި ބޭނުން ނަމަ އައިސްކިއުބްގެ މައްޗަށް ވިޕިންގ ކްރީމް އެޅުމަށްފަހު މާމުއި ފޮދުވެސް އަޅާލާފައި ސާރވް ކުރާށެވެ.