English Edition
Dhivehi Edition
ކެރޮޓް ބީޓް ޖޫސް/ ފޮޓޯ: ގޫގަލް

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އަދި މިޖޫހަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ޖޫހެކެވެ. އެގޮތުން މިއަދު ގެނެސްދޭ “ކެރޮޓް ބީޓް ޖޫސް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (2 ތަށްޓަށް)

1 ކުޑަ (ބީޓްރޫޓް)

1 ކުޑަ ކެރޮޓް

1/2 އިންޗި އިނގުރު

1/2 ޖޯޑު އަލަނާސި ޖޫސް

2 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

3 1/2 މޭޒުމަތީ ސަމުސާ ހަކުރު

3 ޖޯޑު ފެން

6 މިންޓްފަތް

2 ޖޯޑު އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކިއުބް ގޮތަށް ކޮށާފައި ހުރި ބީޓްރޫޓް، ކުޑަ ކެރޮޓް ވެސް ކިއުބްގޮތަށް ކޮށާފައި، އިނގުރު، އަލަނާސި ޖޫސް ނުވަތަ (އަލަނާސި ފޮތި)، ލުނބޯ ޖޫސް، ހަކުރު އަދި ފެން އަޅާފައި ބްލެންޑަރުން ހުރިހާ ތަކެތި މިކްސް ކޮށްލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް ބްލެންޑް ކުރި ޖޫސް (ބޭނުމިއްޔާ ފުރާނާލާފައި) އަޅާށެވެ. ތަށްޓަށް އައިސް ކިއުބް އަދި މިންޓް ފަތް އެޅުމަށްފަހު ސާރވް ކުރާށެވެ.