English Edition
Dhivehi Edition

 

ފޯނާ ރިންގުވޭ އަޑައް ދިވަފެއި ގޮސް އިޔާ ނެގިކޯ ޢާއިލީ ކޫދައް މިގުޅަނީ.ރަމަޟާން މުބާރަކް ކޭފެއި ކަދުރު ލިބިގޭތައު އެހުވި. އަވަ ބެޱިން އަދި ނިގަނުމާއު. އެހެންފެހެނާ މަޑަ ކެރާއްކެނާއު ކޭފެއި ފޯނާ ބޭވިތާން މާކައް ގިނަ ވޭލާއް ނިވޭތިކޮއް ގޭ ދޮރެ ޓަކި ދެރަގައްމެއި ގޮސް ހުޅުވިކޯ ކަދުރު ޕެކެޓައް ހިފަގެން އާސް ކޫދައު ހިށި.

ހަމަ އެލެކައް ވައިބާ ގްރޫޕްތަކިއަސް މިކޯ ފެނެނީ ރޯދާއް ގައު އެއްތެތިއެއި ހަމަ ނިވެ ތިބިއޭނުގެ ވާހަކަތައް. އެހެކާއު އެނެހެކާއް ބަލަނީ ދިއޭއު އޮއް ކޮންމި އެއްތަކުން އެތިކެޑައް ދިއޭތޯ. ތިން ކައިށި އޮއް މީހާ ގޭ އެކެތި ބާވެއި އެނައް ދޭތި ބެހަލަނީ. ތަރުކާރީއަސް ފަޅި ފަޅި ޖަހަފެއި ބެހަމުން ގެއި. މީ އައްޑޫއައް މަހަސް ތިޔާގި ދުވަސްވަރަކާއު ބެޱޭނެއި. މަހައްގޭ މީހުން ތިމަތިމާގެ ގޭގެށާއި ރައްޓެހިންނައު ހިލެއި މަސްބެހިތަނަސް ފެނިގެންގެ.

މިދުވަސްވަރަކީ އެންމެންނަސް އެނެހެކާއް ބޭޱުން ޖެހިފެއި އޮއް ދުވަސްވަރައް. ކޮވިޑް 19 ގެ ބަލިމަޑަކަން ފެތެރެމުން އޭހެދީ މިޅި ދުނިޔެ މިއޮތީ ހުއްޓިފެއި. އާމްދަނީ ލިބޭޱެ އެއްވިޔަސް ފަދާއްނެއް.

މީ ހެއުފޯރުވާއްވީ ވަގުތުކަން އެނގިގެން ދީލަތިކަން އިސްކެރާތަން ފެނެޱެމެއި ހަނދާނައު އެނީ އެއްކަލަ ކުރީގެ ބާޓާ ސިސްޓަމް. އެކޯ ރާހިޔާ ގޭގެން ހަކުރުބެހާށިއެ. ކައްޓެލާއި އަލާއި ޒުވާރިއެއި ކެއު ޖަހަގެން ދަޑަ ހަދުވާ މީހުން އޭދޮންވެގެން ކާޱެއިއަސް ދެންތިބިހެއި ބާކިންނައް ދެރެގެން. ކޮޅޮނބަށާއި ކޮއްޗޭ ދަތެރެ އެޑަލާއި އާސް ތިބޭ މީހުން ބައްތިތެލާއި ކަސަބުބާދަލާއި ތަދަބޭހާއި އަތަރަ ކަހަލެއި ހުށިހެއި އެއްތައު އެއްގެން އެނެއްގެއް ބެހާށިޔެ.

އެހެން އެކަން ކެޑުމުގެ ސަބަބުން އެންމެ ނިކަމެތި މީހާށަސް އުފަލި ވޭނޑޭއް ފުރުސަތު ލިބެޱެ. އެދުވަހުން ފެލާވަޅަ ނާގެން އަދަސް ހަމަ އެ ހެއުކަން ދައްކާއްވީ ދަނޑިވަޅަ މިއޮތީ އާއްސެއި. “އެއްވިޔަސް އެއްތަކައް ޖެހިގޭފެހޭ ނިބެޱައި ނިހިންނެހެތި. މައްވޭއު އޮއްވަރަކުން އަވަ އެހީވޭށުން.” މީމިކޯ މީސް މީޑިއާއި އެހެކާއެނެހެކާއް ދައުރު ކެރަމުންއޭ ހިއުހެއުކަމުގެ މެސެޖުތަކި އެތެރުން މެސެޖައް.

ބަރަކާއްތެރި ރޯދަ މަހާއި ބައްދަލަވީމެއި ރޯދަ ހަދިޔާ ދިނުމަކީ އަފިރިންގެ ކައުބޮފައިންގެ އާދަކާދާއް. އެހެންފެހެނާސް އެހެކަސް ހީނިކެރާހެއް މިދަނޑިވަޅި އެހެން މީހަކާއަތުން ތިމާއް އެއްތައް ލިބިއޭހެއް ކަމަކައް. އަދި މީހަކާއް މިށައް ފިހަފެއި ދޭޱެ އެއްތަކަސް ތިމާއަތި އޯފޭށިއައު ހިތަކައް ނިއަރާހެއް. އެހެން ނިވޭއްވީ ސަބަބަކަސް ނެއް.ރިސޯޓެ ތިބިހެއި ކުދިން ވަޒީފާން އައްދޯލާއި އެއްތައް ލިބެޱަސް ނިލިބެޱާހަސް ހެއުކަމައް، ރަށައު އާތަނި ހަނދާނަކަސް ނެއް. 10000 ން 20000 ހުން މުސާރަ ލިބެޱެ މީހުންނައް އެއު ހާހަސް މަހި މުސާރާއް މިކޯ ނިލިބެއި. އަތިފައި މަސައްކައު ހުއްޓަލާއި އާސް އެންމެން މިތިބީ ގެއްވެދެ ދޮރަ ޖަހަގެން. މިހާލަތިއަސް މިފެނޭ މަންޒަރައް ބަލާކޯ އޯގާވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީލަތި ރިޒުގާއި ބަރަކާއް ނުން ދެން އެހެން އެއްވިޔަސް ކަމައް ނެތާއު ބެޱެވޭޱެއި. ގާމުން ހިތުން ރުހުމުން ދޭހިތުން މީހުން އެއްތެތި ބެހާތަނަސް މިފެނެނީމެއި. މިޙާލަތާއު ކޭފެއި މަދަވީ އެއްތައް ﷲ ގެ ހެއު ރަޙުމަތުން ނެއް.

މީ ގާއްގަނޑަކައް ވަރައް ގިނަ މީހުންގެ ހާލަ ހިށި ލެއް ކަމައްވިޔަސް ކުދުކޮއް ވިސްނަލާއްޖެހޭ ކަމައް ތެބޮއް. ތަންގަނޑި ދެންނެ ކަހަލެއި ގާއު އަވައްޓެރިންގެ ހާލަސް ބަލަލުން. މީސް މީޑިއާގެ ޒަރީޢާން ނުންފެހޭ ފޯނާން ގުޅަގެންފެހޭސް ރަމަޟާން މުބާރިކް ކޭލާއި ހާލަ އަހުވަލުން މީހަމަ ކޮއްލާއް ރަންގަޅަ ކަމައް. އަފިރިން ހީނިކެރާ ކަހަލެއި މީހަކަސް ހަމަ އެބިހިންނެހެއް އެހީއަކައް އެދިއެދި. މެހެއި މާއް މައްސަރަކި ދިއެޱެހެއި މިންވަރަކުން ދިއެޱެ އެއްތަކުން އެނައްމީހާއް ހެއުފޯރުވި ވަރަކައް ސަވާބު އިތިރިވޭޱެއި. މީ އަފިރިންގެ އެތެރެ އެހެކާއި އެނެހެކާއި މެދެ މިއޮންނެ ގުޅުމަސް ބަދަހި ވެގެންއޭޱެ ކަމައް. މިމަސް ހޭދަ ކޮއްލާއް ވެނީ ދަހި ބަޚީލު ކަމާއި ދުރުވެ ވީހެއިއަސް ދީލަތި މީހަކާގެ ގޮތެ ހިށެގެން.