English Edition
Dhivehi Edition
އައްޑޫ ފްލައިން ސްކޫލް އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ މޯލްޑިވިއަން

ހަފްތާ ކަބަރަ: އައްޑޫސިޓީ

ފްލައިޓް ޓްރެއިނިންގ ސްކޫލައް ހިނގުވުމާއި ގުޅޭ އެމްއޯޔޫއަކި ގައުމީ އެއާލައިން މޯލްޑިވިއަން އެއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ސޮއިކޮށްލި.
މި އެމްއޯޔޫއެ މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްދޭގެ ގައުމީ ޔުނިވަރސިޓީ އެއި އައިލެންޑް އޭވިއޭޝަން ސާވިސް ގެ ސައްތަ އިންސައްތަ ހިއްސާ އޮންނެ ސަރުކާރުގެ ކުންފޫނައް އުފައްދާށިއެ.

އައިލޭންޑް އެވިއޭޝަންގެ ފްލައިން ސްކޫލު ހިނގުވާއް ހަމަޖެހިފައިވެނީ އައްޑޫ ސިޓީ ގަމި.

ޤައުމީ ޔުނިވަރސިޓީއެއި އައިލޭންޑް އެވިއޭޝަން ގުޅިގެން މި އިސްކޫލް ހިނގުވާއް ޙަވާލަ ކެރާއް ހަމަޖެހިފައިވެނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި.

އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެން ހަދާ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކި ދަށުން ގާއިމުކެރާ ފްލައިން ސްކޫލުގެ ކިޔެވުން މިއޭ ޑިސެމްބަރަ މަހި އެތެރެ ފެށޭހެއް ކަމައް މޯލްޑިވިއަނުން ބެނި.

އައްޑޫ ސިޓީއެ ހިށި އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް ،އޭ.އޭ.އޭ،އި ޕައިލެޓްކަން ކިޔަވަމުންއޭ ދިވެހި ދަރިވަރުންނައް ދިމާވެފެއިވޭ ގިނަ ދުވަސްވީ މައްސަލަތަކައް ދާއިމީ ޙައްލައް ހޯދުމާއި ގުޅޭގޮތުން އެ ތަނި ކިޔަވާ ދަރިވަރުން ވެނީ މި މަހި 10 ވަނަ ދުވެހި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އެއިއަސް ބައްދަލުކޮއްފެއި.

މި ބައްދަލަކެޑުމެ ކިޔެވުން ހުއްޓިފައިތިބި ދަރިވަރުންނައް މިއޭ ޑިސެމްބަރުމަހި އެތެރެ އަލުން ކޯސް ކުރިޔައް ގިނެވޭނެ މަގަ ސަރުކާރުން ފަހިކޮށްދެއްވާއް މަސައްކައް ކުރައްވަމުންއޭ ކަމައް ރައީސުލްޖުމްހޫރިއްޔާ ވެނީ ވިދާޅަވެފެއި.

އެއްބަސްވުމުގެ ދަށުން ގާއިމުކެރާ ފްލައިން ސްކޫލް މެނޭޖު ކެރާނެއި ޗެކް ރިޕަބްލިކް ފްލައިން އެކަޑެމީން. އޭ އަޔާޓާގެ އެޕްރޫވްޑް ތާން.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް “އޭއޯ ނިއުސް” އަށް ވިދާޅަވީ ހުށިހެއި ކަމައް ތައްޔާރަވީމެއި ފްލައިން ސްކޫލުން ކިޔެވުމައް ހުޅުވާހެއް ކަމަށާއި އެކަމަކިއަސް، އިސްކަންދޭނެއި އެކި ސަބަބުތަކާއި ހެދީ މިކޯ ކިޔެވުން މެދެކެނޑިފައިތިބި ދަރިވަރުންނަށް ކަމައް.

އައްޑޫއެ ފްލައިން ސްކޫލު ހިނގުވާއް ކެރާއްޖެހޭ ފަންނީ މަސައްކައްތައް ފަށަފެއިވޭކޯ އިންޖީނިއަރިން ސާވިސް ދިނުމަށް ވޭއްޖެހޭ ތައްޔާރީތަކަސް އެނީ ވެމުން. ދަރިވަރުންގެ ތިއަރީ ބައި ހިތަދޫއެ ހިންނެ އެމްއެންޔޫގެ ކެމްޕަހި ކުރިއަށްއޭކޯ ފްލައިންގެކަންތައް ކުރިއަށް ގިނޭއް ހަމަޖެހިފައިވަނީ ގަން އެއާޕޯޓެ.

އައްޑޫ ފްލައިން ސްކޫލެ ކިޔަވަމުން އޭ ކުދިންނައް ދިމާވެފެއިވޭ މާލީ ދަތިތައް ޙައްލުކޮއްދެއްވުމައް ޓޮޕްއަޕް ލޯން ތަކައް ދިނުމާއި، މިކަމި އިތިރައް ވެވޭއު ހިށި ކަންތައްތަކަކީ ކޮބާތޯ ބެލުމައްފަހި އެކަންކަން ޙައްލުކޮށްދެއްވާހެއްކަމައް ރައީސް ވެނީ ވިދާޅަވެފެއި.

މީގެ ކުރިނަސް ސަރުކާރުން ވެނީ މި ކޯސް ހަދާ ދަރިވަރުންނައް ލޫ ދިނުމުގެ ގޮތުން ދަރިވަރުން އަނބަރައި ލޯނު ދައްކާއްޖެހޭނެއި ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމައް ކަނޑައަޅައި، މި ކޯސް ފުރިހަމަ ކެޑުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދެވެރިކޮއް ނަގަފެއިވޭ “ކިޔަވާ” ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮއްފެއި.